މޫސުން ގޯސްވުމުގެ ސަބަބުން މިއަދަށް ޝެޑިއުލްކޮށްފައިވާ އެމްޓީސީސީގެ 30 ފެރީއެއްގެ ދަތުރު ކެންސަލްކޮށްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި ވަނީ 38 ފެރީއެކެވެ. އެކަމަކު މޫސުން ތަން ނުދިނުމުގެ ސަބަބުން 30 ފެރީއެއް ކެންސަލްކޮށް ދަތުރުކޮށްފައި ވަނީ އަށް ފެރީއެކެވެ.

މިއަދު ދަތުރުކުރި ފެރީތަކަކީ:

  • ވ. ރަކީދޫ - ކ. މާލެ
  • ލ. ލައިދޫ - ލ. ގަން
  • ލ. މާވަށް - ލ. ފޮނަދޫ
  • ލ. ގަން - ތ. ވޭމަންޑޫ
  • ގދ. ފިޔީރޯ - ގދ. ތިނަދޫ
  • ސ. ހުޅުމީދޫ - ސ. ފޭދޫ
  • ސ. ހުޅުމީދޫ - ސ. ހިތަދޫ
  • މޫސުން ގޯސްވެ، ވިލާގަނޑުގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު ނެރިފައިވެއެވެ.
  • މެޓް އިން އޮރެންޖް އިންޒާރު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ފަތިހު 5:15 އިން ފެށިގެން ހެނދުނު 8:15 އާއި ހަމައަށެވެ. ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ނ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، ވ. އަތޮޅު، ފ. އަތޮޅު، އދ. އަތޮޅު، އއ. އަތޮޅު، ބ. އަތޮޅު އަދި ރ. އަތޮޅު ހިމެނެއެވެ.
  • މެޓުން ނެރެފައިވާ މި އިންޒާރުގައި ބުނެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު