މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހޯދަމުން އަންނަނީ އަޙްމަދު ޝާހީން، ތ. ގުރައިދޫ / ވިނަރެސް (36އ) ކަމަށެވެ. އޭނާ ހޯދަމުން ދަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަައެވެ.

ފުލުހުން ވަނީ ޝާހީން ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 30 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.