ޤާނޫނީ ގޮތުން އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ކުރުުމުގެ ވިސްނުމެއް ނެތް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހިމް ތޯރިޤް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ނޫސްވެރިޔާ ވަނީ ގުޅީފަޅު ހިއްކުން މަޑު ޖައްސާލަން ނެރުނު ކޯޓު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކުރިއިރު، އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ބާރުވެރިކޮށް ގާނޫނީ ގޮތުން މިނިވަން ކުރަންޖެހޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ކަމަށް ބުނެފައެވެ.

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ މިންވަރަށް ފުދުންތެރިކުރުމަކީ އަދި އެތަންތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރުދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރު ސުޢޫދު މިހެން ވިދާޅުވެފައިވަނީ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރި ހުކުމްގައި ފަނޑިޔާރު ސުޢޫދުގެ ރައުޔުގައެވެ. އެގޮތުން ދައުލަތުން ނަގާ ގްރީން ޓެކްސް އޭޕީއޭ ރިސޯސްފުލް ކުރުމަށް ބޭނުންކުރަންޖހޭ ކަމަށްވެސް ދެކޭކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލައަކީ ވަގުތީ އަމުރުގެ މައްސަލައެއް ކަމުގައި ވީނަމަވެސް މި މައްސަލައިގެ ތެރޭގައި ދުސްތޫރީ، އިޖްތިމާއީ، އިގްތިސާދީ އަދި ދައުލަތުގެ ޒިންމާއާ ގުޅޭ ސުވާލުތަކާއި ދައުލަތުގެ ގައުމީ ތަރައްގީއާ ތިމާވެއްޓާބެހޭ ސިޔާސަތުތަކާއި ގުޅިފައިވާ ސުވާލުތަކެއް އެކުލެވޭ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. އަދި މިކަންކަމަކީ ދިރާސާތަކެއްގެ އެހީގައި ނޫނީ ކޯޓަށް ގޮތެއް ނިންމޭނެ ކަމެއް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. އަދު މިފަދަ ނާޒުކު ނިންމުމެއް ނިންމަށް ކޯޓުތަކަށް ބޭނުންވާ ލަފާ ދެވޭނެ ސައިންސްވެރިންނާއި ދިރާސާތައް ރާއްޖެއިން ލިބެން ހުރިކަމާމެދު ސުވާލު އުފެދޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ބިންހިއްކުމުގެ ގިނަގުނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު އެ މަ މަޝްރޫއުތައް ނިމުމުން، އެ މަޝްރޫއުތަކުގެ ސަބަބުން މުރަކައާއި އެހެނިހެން ދިރޭތަކެތި ހަލާކުވެފައިވާ ނޫނީ ނެތިގެންގޮސްފައިވާ މިންވަރު ދެނެގަނެ، އަދި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް ނިމުމަށްފަހު، ދިރުންތައް އަލުން އާލާވެ އިއާދަވެފައިވޭޔޯ އާއި ދިރުން އެނބުރި އަންނަ ނަމަ ދިރުން އެނބުރި އަންނަން ހޭދަވާ މުއްދަތާއި ދިރުން ގެނައުން ހަލުއި ކުރުމަށް ކުރެވިދާނެ ކަންކަން ހުރިތޯ ބަލަން މިހާތަނަށް ދިރާސާއެއް ކޮށްފައި ނެތުމަކީ މި ފަދަ ކޯޓު އަމުރެއް ނެރުމަށް ހުރަސް އެޅޭ ސަބަބެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ނޫސްވެރިޔާ ވަނީ ފަނޑިޔާރު އެގޮތަށް ވިދާޅުވުމުން ސަރުކާރުން އެކަމާއި ދެކެނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޤާނޫނީ ގޮތުން އީޕީއޭ މިނިވަން ކުރުުމުގެ ވިސްނުން ނެތް ކަމަށެވެ.

އީޕީއޭ ގަވަނިން ބޯޑުގެ މަސައްކަތްކުގެ ތެރޭގައި ތިމާވެއްޓާއި ގުޅުންހުރި ގާނޫނުތައްތަކާއި ތިމާވެއްޓާ ބެހޭ ގަވާއިދުތައް ހެދުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ވިދާޅެއްލަވަ ބެއްލަވާ މިނިވަން މުއައްސިޢްސާއެއް މިނިވަންކަން ފެށޭ ހިސާބާއި ނިމޭހިސާބަކީ ކެބޭތޯ.