ސަރުކާރު ހިންގުން ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯޓްކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރު ހިންގެވުމުގައި ރައީސަށް ފަސޭހަވާގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް ބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ގޮތުގެ މަތިން ކުންފުނިތަކަށް މީހުން އައްޔަން ކުރެއްވުމާއި ބަދަލު ކުރެއްވުމުގެ ބާރު ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިންގުމުގައި ބޭނުންފުޅުވާ ކަންކަން ފަސޭހަކުރުމަށް ނުވަތަ އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރަންޖެހޭ ކަންތައްތައް ރައީސް އަބަދުވެސް ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އިއްޔެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީގް (ކުޑީ) މަޤާމުން ވަކިކުރައްވާފައެވެ.

ޒުހޫރު އެ މަގާމުން ވަކިކުރި ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމަކު، ޒުހޫރު އެ މަގާމުން ވަކި ކުރީ ކީއްވެ ކަމެއް އަދި ސާފެއް ނޫނެވެ.

ކުޑީ މަގާމުން ވަކި ކުރިއިރު، އެމްއެމްޕީއާރުސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެންބަރު ރާފިލް މުހައްމަދުވެެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފާއެވެ.

އަދި އެ ކުންފުނީގެ ޗެއާ ކަމުން އައިޝަތު ނޫރައިން ޖަނާހު ވަނީ އިސްތިއުފާދެއްވަވާފައެވެ. ނޫރައިން އިސްތިއުފާދެއްވެވި ސަބަބު ވެސް ސާފެއް ނޫނެވެ.

އަދި މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ޝަމާހު އެ މަޤާމުން ވަކިކުރައްވާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙެހެހ

    ނޫން މުއިއްޒު ހީފުޅުކުރެއްވީ ހުރިހާ ކަމެއް އޯކޭވެގެން ޤައުމު ހިންގާލެވޭނެކަމަށް ، ނުކިޔަވާ ތިއްބަސް ކައިރިމީހުން ބުނީމަ ބުނާހާ މީހަކަށް ކަންކަން ހަވާލުކޮށްގެން ވާނެކަމަށް ، ބަލަ މިޤައުމުގައި ކުރިންވެސް ވެރިކަން ކުރީ ވަރަށް ކެތްތެރިވެގެން ، ރައްޔިތުންގެ ބަސް އަހާގެން ،

    3
    1
  2. ޚިޔާލު2

    މުޅި ދަވްލަތް ހިންގުން ހަރުދަނާކުރުމަށް ރައީސް މަސައްކަތް ކުރަންވަންޖެހޭ ދަވްލަތުގެ ގިނަ އިދާރާތަށް ހިންގުމުގައި މިހާރުވެސް ވަރަށް ލަސްތަކެއްއުޅޭ
    ވަސީލަތާއި ގަވައިދުތައް ހަރުދަނާކޮށް ވެރިން ޒިންމާދާރުވުން އިތުރުކުރަންޖެހޭ.

  3. މުގާބޭ

    ކޮންކަމެއް ރަނގަޅުވީ؟އެއްކަމެއްވެސް ރަނގަޅެއްނުވެ. މުޅިގައުމު ކަރަޕްޝަންގެ ހާއްޔަކަށް ހަދައިފި!

    2
    1
  4. ޖާބެ

    އެސް.ޕީ.ޑީ ތަކާ ޑެޕުޓީ އަދި ސްޓޭޓް މިންސްޓަރުން ވަކިކުރުމުގެ ޕްރޮގުރާމް ބާރައް ކުރިޔައް..