މޫސުން ގޮސްވުމުގެ ސަބަބުން ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ކުޑަ ލޯންޗެއް ދިޔަވެ އަޑިއަސް ގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަޑިއަށް ގޮސްފައިވަނީ އީޕީއޭގެ ކުޑަ ލޯންޗެއް ކަމަށެވެ.

މި ލޯންޗު އަޑިއަށް ދިއުމުން އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މޫސުން ގޯސްވެ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފައިވާއިރު، މިދުވަސްވަރު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަމަ

    ފަރައްވާ ގެއްލުންބަލާފަ އީޕީއޭ ޖޫރިމަނާ ކުރާނެ ކޮމެޓީއެއް އަވަހާ ހަދަންވީނު

    17
    1
  2. ޖުންޖުލާ ހާޑްވާނެ

    މޫސުމައް އަންނަ ބަދަލުގެ ޒިންމާ ނަގަން ޖެހޭނީ އީޕީއޭ

    14
    1
  3. އަލިފުޅު

    ތިޔަ ލޯންޝު އަޑިއަށް ގޮސް ކަނޑަށް ފަރަށް ލިބުނު ގެއްލުން ހިސާބުކޮށް ޖޫރިމަނާ ކުރަން ޖެހޭނެ!

    13
    2
  4. ޙަސަން

    ކޮބާ ފަޅައްވީ ގެއްލުމުގެ ބަދަލު. ޢީ ޕީ އޭ އިން އީ ޕީ އޭ ޖޫރިމަނާ ނުކުރޭތަ!

  5. ހުވަދު

    އީ.ޕީ.އޭ ވެސް ފައްތާލަންވީ.

  6. މޫސުން

    އެހެން ބުނެފިއެވެ.

  7. ހުވަދޫ އަލިބެއްޔާ

    މާތްﷲއަށް ޙަމްދުހުރި.. ތި އީޕީއޭ އަކީ ގަދަކަމުން އަހަރުން ގަޔަށް ކޮރޯނާ ވެކްސިން ޖެހި މީހުން..

    2
    1
  8. ރޯނޭ

    ވެކްސިން ޖަހަނީ އެޗު.ޕީ.އޭ ނޫންތަ؟