ހުޅުމާލޭގައި ދިވެއްސަކަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ލަންސިމޫ މަގުގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އިއްޔެ ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށާއި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި ހަމަލާދިން މީހާގެ އަތް ޒަހަމްވި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.