ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމި 1،500 ޓަނުގެ ބޯފެން ރާއްޖެއަށް ލިބިއްޖެއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 1500 ޓަނުގެ ބޯފެނާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރު މޫސާ ޒަމީރެވެ. އެ ފެން ހަވާލުކޮށްދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިންއެވެ.

ޗައިނާއިން ރާއްޖެއަށް ފެން ހަދިޔާ ކުރުން ފޮޓޯ: މިނިސްޓްރީ

ސަރުކާރުން ވަނީ އެ ފެން ރާއްޖޭގައި ފެނަށް ޖެހޭ ރަށްތަކަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މޯލްޑިވްސް އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލައްވައި، ގޮންޖެހުންތަކާއި ދަތި ދަނޑިވަޅުތަކުގައި ޗައިނާއަކީ ރާއްޖޭގެ ރަހުމަތްތެރި ޤައުމެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނަކަން ފާހަގަކުރައްވާފައެވެ.

ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ބޯފެން ހަދިޔާ ކުރުމުން ޒަމީރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

ރާއްޖެއަށް މި ފެން ހަދިޔާކުރާނެކަން އެންގީ، ނޮވެމްބަރު މަހުގެ ތެރޭގައި ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ޔަން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    އިންޑިޔާ މީހުން ފެނޭ ކިޔައިގެން ކަލަ ގޮވާތީ!!

  2. ރަންނަ

    ބަސަރާއަށް ކަދުރުކޮޅެއް ހަދިޔާކުރަމާ ބަހީ