ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ 18 އަހަރުގެ ޒުވާނާ އައިސީޔޫ އަށް ބަދަލުކޮށްފިއެވެ.

އުނގޫފާރުގައި މިއަދު ކަރަންޓުގައި ޖެހިގެން ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނިފައި އަނބުރައިގަނެގެން ވެއްޓުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "ވަގުތަށް" ވަދާޅުވީ މިއަދު ކަރަންޓުގައި ޖެހިގެން ގެންދިޔަ ދެ ކުދިންގެ ތެރެއިން 18 އަހަރުގެ ޒުވާނާގެ ހާލު އިތުރަށް ކްރިޓިކަލް ވެފައިވާ ކަމަށެވެ. އަދި މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަށް އަހަރުގެ ފިރިހެން ކުއްޖައާއި 12 އަަހަރުގެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި އަށް އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުދިންނަށް ކަރަންޓު ޖެހުނު ފެންގަނޑު ކައިރީގައި ފުލުހުން މިހާރުވަނީ ޓޭޕު ދަމައި ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އުނގޫފާރުގައި ކުރިންވެސް ތިކަހަލަަ ކަމެއްހިގި

  2. ސަރަފަކައްދަ

    ތިކަންވެސް ނިމިދިޔަ ސަރުކާރުގެ ބޮލުގައި އަލުވާލާފައި މި ސަރުކާރުން ތިކަމުން ރެކިގަނޭ! ދެން ރައްޔިތުން ތިބޭ އަތްޖަހަން ބާރަށް!

    3
    23
    • ނުރަބޯ

      މަގުބައްތިއަށް އަޅާފަހުރި ކޭބަލްއާއެކީ އާރތު ކޭބަލް މަގުބައްތި ތަކަށް އަޅާފައިނެތީ ނުވަތަ ވިއްސާރަދުވަސްވަރު ފެންއެޅިގެން މަގުބައްތިތައް ނިވޭތީ އާރތު ކޭބަލް ނައްޓާލާފަ ހުރީ. ދެން ތިކަމެއް ކުރި ސަރުކާރެއް ހޯދަން ސަފަރުކައްދަ ނުކުމޭ. ވަރަށް ގިނަ ރަށްރަށުގަ ކުރާކަމެއް އެއީ އާރތު ކޭބަލް ނައްޓާލާފަ ބެހެއްޓުން.

  3. ާޒާ

    ތިވަރުގެ ގެއްލުމެއްވީ ކޮންބައެއްގެ އިހުމާލުންތޯ؟ ކާކު ޒިންމާނަގަނީ؟ ތީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާވަރުގެ ކަމެއް.

    13
    • އަސްލުު

      ރަނގަޅު ވާހަކައެއްް

  4. އެކުއްޖާ މާލެ ނުފޮނުވީ ކީއްވެ؟

    18 އަހަރުގެ ޒުވާނާ ފަރުވާއަށް މާލެ ފޮނުވިނަމަ އެވެ.

  5. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    12