ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއަށް އާންމުންގެ ހިޔާލު ހޯދުމަށް އެ ޕާޓީން ހުޅުވާއިފިއެވެ.

އެމްޑީޕީން ބުނީ އެމްޑީޕީ އަށް ދެ އިންތިހާބު ނާކާމިޔާބުވީ ގޮތް ދެނެގަތުމުގެ ދިރާސާ އެއް ކުރަން ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މި މަހުގެ 1 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސްގެ ހަތަރު ވަނަ ދައުރުގެ ނުވަ ވަނަ ބައްދަލުވުމުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮމިޓީ އަށް މައުލޫމާތު ދޭން ބޭނުންވާ މީހުން [email protected] އަށް މައުލޫމާތާއި ހިޔާލު ހުށަހެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ރިޔާސި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފައެވެ. ކުރިން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީއަށް މިފަަހަރު 12 ގޮނޑި ލިބިފައިވާއިރު، ވާދަވެރި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައިފައެވެ.

އެމްޑީީޕީގެ ގައުމީ މަޖިލީހުގައި އެކަމާއި ގުޅިގެން މަޝްވަރާކޮށް ގިނަ ކަންތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރައްޔިތުން އެމްޑީޕީ އާ ދޭތެރޭ ދެކޭގޮތާއި އެ ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށް ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

ބޮޑު ނާކާމީޔާބީއާއެކު އެމްޑީޕީގެ ލީޑާޝިޕް އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އެޕާޓިގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެފަދަ ވިސްނުމެއް އަދި އެޕާޓީއަކު ނެތް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި، އެ ޕާޓިގެ ލީޑާޝިޕު ބަދަލު ކުރުމަށް މެމްބަރުންނަށް ފެންނަ ނަމަ އެކަންވެސް ކުރާނެ ކަމަށާއި މިއީ ޕާޓީ ނަގައި ކޮޅަށް ޖަހަން ބަދަލުވެސް ގެންނަންވެސް ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ދިރާސާކުރާނީ އިންތިހާބު ގެއްލިގެންދިޔަ ސަބަބު ދެނެގަތުމަށް. ދެން އަޅުގަނޑުމެންގެ މި ޕާޓީ، އެމްޑީޕީ އާ ދޭތެރޭ ރައްޔިތުން ދެކޭގޮތްވެސް ބަލާނަން. އަދި އެއަށްފަހު އެމްޑީޕީ ބިނާކުރުމަށް މަސައްކަތް ފަށައި ދިރސާތައް ކުރުމަށްފަހު މަގުޗާޓު އެކުލަވާލަން މިވަނީ ފާސްކޮށްފަ." އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އެ ޕާޓޯން ޖެހިޖެހިގެން އިންތިހާބުން ބަލިވާ ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

ޝާހިދު ވިދާޅުވީި އެމްޑީޕީ އަލުން ތަރުތީބުވެލައިގެން ނުކުމެ އެމްޑީޕީގެ ފަލްސަފާތަކާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާ ވެސް ބާރަށް މަސައްކަތް ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަބަބު

    ފައްޔާޒު

  2. ހނހ

    ވައްކަން ކުރުމާއި ލާދީނީޔާ ރިޝްވަތު ބެހުމާ ނާގާބިލް މީހުން މަތީގަފަޑީގަ މުޅިންވެސް ތިބީ.

  3. ހުސޭނުބޭ

    ތަންތަނުން ކާޕެޓާއި ފައިފުހި ވަގަށްނަގާ ވަގަކު އޭނަ އެކަންކުރަނީ ކީއްވެތޯ އޭނަ ގޮސް މީސްމީހުން ކައިރީގައި އަހާނަމަ ބުނާނީ ކީކޭ!

  4. ހަސަން

    ވެރިކަމުގައިތިއްބައި އެކަމުން ދުރުކުރާނީ ފޮނިވައުދުތައް ނުފުއްދީމައި!

  5. Anonymous

    އަޅުގަނޑުގެ ޚިޔާލު
    ޤައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވުން
    އެއްވެސް އިރަކު ދިވެހި ޤައުމާއި ދޭތެރޭ ވިސްނާ ބައެއްނޫން އެމްޑީޕީއަކީ. އަބަދުވެސް ބޭރުމީހުން ރުއްސުމުގައި
    އިންޑިޔާއަށް އަޅުވެތިވާ ދަރަޖައަށް ޤައުމުގެ ކަންކަން ގެންދަން ފުރުޞަތު ދިނުން.
    ޖީއެމް އާރަށް އެއަރޕޯޓް ދިނުން .
    އަދިވެސް އެކަން ފަހުންވެސް ކުރެވޭތޯ އުޅުން.
    ދިވެހި ކަނޑު ވިއްކާލުން. ދުވަހަކު ސޯލިޙަށް މަޢާފު ނުދެވޭ ވަރު ކުށެއް.
    އިންޑިޔާ ސިފައިން ގެނެސް ނެތޭ ކިޔާ ދޮގުހެދުން ސޯލިޙް ފޭބިއިރު ވެސް ޢަދަދުވެސް ހާމަކޮށްލަން ނުކެރުން
    ދަރުމަންތަ ހޮސްޕިޓަލަށް ބިރުވެރި ހޮހޮޅައޭ ކިޔާ ވަގަށް ހުޅުވައިގެން ޚިދުމަތްލިބިގަތުން
    ކޮތަރު ކޮށްޓޭކިޔާ ހިޔާފްލެޓްތަކަށް ނުވައްދާ ގިނަ ދުވަސް ކުރުމާއި ދޮރެއް ނެތޭ މުއްޓެއްނެތޭ ކިޔާ އަމިއްލައަށް ފްލެޓް ނިންމުމުގެ ބުރަ ޖެއްސީމަ.
    ލާދީނީ ރިޕޯޓް ނެރުނީމަވެސް އަޑުނީވޭ ކަމަށް ހަދާ ޕީޕީއެމް މީހުން މުޒާހަރާ ޖައްސަން އުޅެންފެށީމަ ސޯލިޙް ބަހެއްވެސް ބުނެލީ.
    ލިސްޓް ދިގުވާތީ ކުރުކޮއްލީ.

  6. ހިކި ކިރު

    ސަބަބު ވަރަށް ސާފު. ރަޢީސް ނަޝީދު ފަނި ހެދުމުގެ ސަބަބުން ހުރިހާ ކަމެއް ފެއިލްވީ!

  7. ނަޒީރު

    ކީކޭބުނާނީ ވޯޓުނެގިޔަސް ނުނެގިޔަސް ޟާހިދުގެ ދޮގުދޮލަނގު ކުނިވުމުގެ ސަބަބުން ބަލިވީ އޭގެ ވަސްގަނޑު އެބަހުރި އޭޑީކޭ އެތެރޭގަ ނޯއް ދަމާނުލެވޭ ނާޟިދު ވެސްހިތްޕުޅާ ނުވެފަހުރީ ބަލި މީހުނައް އުނދަގޫވާތީ

  8. Anonymous

    އިންތިހާބު ތަކުން އެމްޑީޕީ ބަލިވީ އިންތިހާބަށް ޔަހޫދީން ބެހި ފައިސާ އިން އެއްވެސް ފައިސާއެއް އާންމު މެމްބަރުންނަށް ނުދިނުން، ޔަހޫދީ އެމްބަސީ ހުޅުވަން ޔަހޫދީން އަތުން ފައިސާ ހޯދުން !

  9. Anonymous

    އަބުދު ﷲ ޝާހިދު އެކައުންޓުގައި އެހުރީ ކޮންހާ ފައިސާއެއްތޯ ގަވަރު ނަރު އަލީ ހާޝިމް ވެސް އެހުރީ އެކަން ފޮރުވާލައިގެން ތާ ؟ އަލީ ހާޝިމް އެތާ ބަހައްޓައިގެން ކަލޭމެން އެމްޑީޕީ ބޮޑުން މަނީ ލޯންޑާކުރި ފައިސާއިން އަންމު ނެމްބަރަކަށް ރާހަތެއްވެސް ނުލިބުނު، ޔާމީނުވެސް ހެދީ އެގޮތަށް !

  10. Anonymous

    އިންތިހާބަށް އެމްޑިޕީ އަށް ލިބުނު ފައިސާއަށް އެމްޑީޕީ އިސްވެރިން ހަރަދު ކުރިގޮތުގެ ތަހުޤީގީ ދިރާސާއެއް ހަދަންވީ، ފައިސާޔަށް ވީގޮތެއް ހޯދަން އެބަޖެހޭ، އާންމު މެމްބަރުންނަކަށް އެންމެ ލޯލާރިއެއްވެސް ނުލިބޭ !