މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ބޭނުންކޮށްގެން ބައެއް މީހުން އައިޖީއެމްއެޗްގައި އެޑްމިޓް ކުރަން ޖެހޭ ހާލަތަށް ދިޔަ ކަމުގައި އެ ހޮސްޕިޓަލްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭސް ޑްރަގްސް"، އާންމުކޮށް ކިޔާ ނަމުން ނަމަ، "ޗައިނާ ވައިޓް" ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ކަމާބެހޭ އިދާރާތަކާ ގުޅިގެން މިކަމާ ގުޅޭ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އެ ބާވަތުގެ ޑްރަގް ރާއްޖޭގައި ފެތުރޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފުކޮށްދީފައެއް ނުވެއެވެ.

ނުރައްކާތެރި "ޗައިނާ ވައިޓް" ޑްރަގް ދައުރުވުން އިތުރުވެއްޖެ

އެ ބަޔާން ނެރެފައި ވަނިކޮށް ޑރ. މުހައްމަދު އަލީ "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ ބައެއް މީހުންގެ ހަށިގަނޑުގައި އިންފެކްޝަންތަކެއް ފެންނަން ހުންނާތީ އެމީހުން ޗައިނާ ވައިޓް ބޭނުންކޮށްފައިވާ ކަން އެނގެން އޮންނަ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެހެން ނޫނީ ޒުވާން އާބާދީ ހަލާކުވެގެންދާނެ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި ގެންގުޅުން މަނާ ކުރި ފަދަ އިން ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރަން ޑރ. މުހައްމަދު އަލީ ވަނީ ގޮވާލައްވައިފައެވެ. ޑރ. މުހައްމަދު އަލީ ވަނީ "ބޭން ވޭޕް" ނަމުގައި ހޭޝްޓެގެއް ވެސް ބޭނުން ކުރައްވައިފައެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ޗައިނާ ވައިޓަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ އާއި މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުން ކުރާ ފަރާތްތަކުގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށެވެ. މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީ އާއި ނެޝަނަލް ޑްރަގް އެޖެންސީ އާއި ކަމާގުޅުން ހުރި އެންމެހާ މުއައްސަސާތަކެއް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޗައިނާ ވައިޓަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައި ހެރޮއިން އަށް ވުރެ ވެސް ބާރުގަދަ އެއްޗެކެވެ. ޗައިނާ ވައިޓް ބޭނުންކޮށްގެން ދުނިޔޭގެ ގައުމުތަކުގައި ވަރަށް ގިނަ މީހުން މަރުވެފައިވާ ކަމަށް މި ފަހުން ހެދި ތަހުލީލްތަކުން ވެސް ދައްކައެވެ. ރާއްޖޭގައި ވެސް މި ފަހުން ބައެއް މީހުން މަރުވެފައި އޮއްވައި ފެނިފައިވެއެވެ. އެކަމަކު، އެމީހުންނަކީ މި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްގެން މަރުވި ބައެއް ކަން އަދި ސާފެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ޗައިނާ ވައިޓްގެ ދިގުގޮތް: އަލްފާ މީތައިލްފެންޓަނިލް!!
    ސަރުކާރުގެ އިދާރާތަކުން ނުބުނެދެވުނު ތަންކޮޅު މި ބުނެލަދިނީ!!!

    20
    6
    • ބުނެދިންނަމަ

      ހާދަ މުހިންމު ތަންކޮޅެކޭ ތިބުނެދިނީ. ހަބަރު އެއްކޮށް ކިޔުމުން ލިބުނު މައުލޫމާތައްވުރެ ގިނަ މައުލޫމާތު ލިބިޖއްޖެ ތި ކޮމެންޓް ކިޔާލުން

      14
      4
  2. Anonymous

    މި އެއްޗެހި އެތެރެކުރާ ދޮރު ބަންދުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތީތޯ؟

    48
    1
    • ބަކުރު

      ހަކުރު މީގެކުރިންވެސް އެތެރެކުރަނީ އެއީ ނުރައްކާއެތްޗެއްނޫނޭ ތޯ ތިބުނީ އެހެންވީމަ ބޯންވީތާ މިހާރު ތި އެތެރެކުރީ އޮރިޖިނަލް ހަކުރޭ ތިބުނީ

    • މޖ

      އެތެރެކުރާ ދޮރު ބަންދު ކުރެވޭނީ އެތެރެކޮށް ވިއްކާ މީހުން ނަން ހަރުކަށި ފިޔަވަޅު އަޅާގެން

      25
  3. ސަލީމް

    ކިހިނެތް އެތެރެ ކުރުން ހުއްޓުވާނީ އޭރުން މިގައުމުގެ ސަރުކާރު ތެރޭ ބޮޑުން ވިޔަފާރި ހުއްޓުނީނުން މިބުނީ މި ސަރުކާރު ވާހަކައެތްނޫން ކޮންމެ ސަރަކަށްވެސް މިކަން ނުހުއްޓުވޭނެ

    24
    1
    • ކަހުރަބު

      ހެޔޮ ވާހަކަފުޅެއް ތިޔަ ވިދާޅުވީ

  4. އައިމަން

    މަސްތުވާ ތަކެތި އެތެރެކޮށް ވިޔަފާރިކުރުމާއި، އެތަކެތި ބޭނުންކުރުމަކީ މަރުގެ އަދަބު ކަނޑައެޅޭ ކުށަކަށް ހަދައި މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރަށް ގޮވާލަން...

    24
  5. ނަޝީދު

    ވަރައްދެރަ އަސްލު ދެރަވީ ބޭނުންކުރި ބަޔަކު އަދިވެސް ދުނިޔޭގަ މީހުންނައް ބލ ބޮޑުކުރަން ތިބީމަ ދިޔަ ގޮތައް ނިމިގެން ދިޔަނަމަ.

    23
    1
  6. Anonymous

    alpha-Methylfentanyl

  7. ނަޒް

    ތިބޯނީ ވަކި ބަޔަކު ބޮއިގެން މަރުވިއްޔާ ރަގަޅީވެސް ގުރޫޕްތ

    15
  8. Anonymous

    މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެހެން ނޫނީ ޒުވާން އާބާދީ ހަލާކުވެގެންދާނެ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ............
    މަ ބޭނުމީ ޑރ މުޙައްމަދު ޢަލީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހަނަޖައްސަން. އޭރުން އެތަނުން ނުކުމެގެން އެދާ މަސްތުވާ ތަކެތީގެ މައްސަލަ އެނގި ތިކަނ ްކޮންޓްރޯން ނުވާ ސަބަބު މީނައަށް އެނގޭނެ!

    12
    2
  9. ރައްޔިތުމީހާ

    މަސްތުވާ ތަކެތީގެ ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުން ބޭނުންނުވާތީ ނުހުއްޓެނީ.

    17
  10. މޯޖޯޖޯޖޯ

    އާންމުން ސަމާލުވާންވީ ކޮންކަމަކަށް؟؟ ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަން، އޭވިއޭޝަން އަދި ސެކިއުރިޓީ އިދާރާތަކުންނޫންތަ ސަމާލުވާންވީ؟ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ މިޤައުމުގައި އެންމެ ރައްކާތެރިކަން ދޭންޖެހޭ އެންމެ ބަލި ކުދިން، ޖަލަކަށް ނުލެވޭ، ހުކުމެއް ނުކުރެވޭ، ފަރުވާއެއް ނުދެވޭ، މުޅި ސިސްޓަމް ފެއިލްވެފަ. ބަރޯތައް ހިފައިގެން ރޯމާ ދުވާލު ދެކޮޅަށް އެވެރިން ދުއްވާ އިރު ލޮލަށް ފެންނަ އެކަކުވެސް ނޫޅޭ. އާންމު ރައްޔިތުން ސަމާލުވާންވީ.

    18
  11. ސޯލިބެ

    މިޤައު،މަށް ބަޑިބޭހުގެ ބާވަތްތަށް އެތެރެ ނުކުރެވޭ ފަދައިން ޑްރަގްސްވެސް އެތެރެ ނުކުރެވޭގޮތް ހަދަންޖެހޭ..

    29
    • ކކކކ

      ބަޑިބޭހަށް އެޑިކްޓް ވެފަ ތިބޭ މީހުން ނޫޅޭތީ އެ ވިއްކައިގެން ލިބޭނެ ފައިދާއާ އަޅާބަލާއިރު އެވަރުގެ ރިސްކެއް ނަގައިގެން އެތެރެކުރަން ބޭނުން ނުވަނީ ތޯއްޗެއް. ބަސްޓް ވީމަ ސަލާމަތްވާން ކަޓެއްވެސް ޖައްސާނުލެވޭނެ.

  12. ނަބާ

    ސިނގިރެޓާއި ވޭްޕް އެތެރެކުރުން މަނާ ކުރާނެ ނަމަ ކޮންފަފަ ހެއްޔެވެ ؟ މިހާރު އަންހެނެއް ، ފިރިހެނެއް ، ޒުވާނެއް މުސްކުޅިއެއް ކިޔާނެ ކަމެއްނެތް! ތިޔަ އެެއްޗެެް ނުބޯމީހަކު މަދުވާނެ ، ލިބޭލާރިން ދެކޮޅު ނުޖެހުނަސް ލޭންދޭނަށް މީހުން އަތުން ލާރިހޯދާގެން ނަމަވެސް އެއެއްޗެހި ގަނެގެން ބޯނެ ހެޔޮ އަނބިދަރިން ބަނޑަށް ނުކައި ނުބޮއި ތިއްބަސް !

  13. ހަސަނުގ

    ތި ބަހާބަލަ. ބޮއެގެން މަރުވެދާނެ އެއްނު. ކިހާ ސަޅި އޭރުން. ޕާޓޭތަށް މަދުވާނެ. ކުއްކުރުން މަދުވާނެ. ހޮސްޕިޓަލަށް ބާލާނެކަމެއްނެތް.

  14. ހަސަނުގ

    މިހާރުވެސް މިއުޅެނީ ގޭދޮރުމަތިން ތި ބައިގަނޑު ނުފިލައިގެން. ތި ބޯންދީގެން މރ ބަލަ.

  15. ރަޒީނާ

    ތިބޮނީ އަމިއްލައަކަށްނު. މަރުވާންދޫކޮއްބަލަ.
    ތިމީހުންނައް އެއްވެސް ސަރުކާރަކުން ހައްޤު އަދަބުދެނީކީނޫން، ތިއެތެރެ ކުރުން ހުއްޓެނީކީނުން،
    އަދި ތިއަށްވުރެވެސް ބާރުގަދަ ޑްރަގް އުފަށްދަންވީ!
    އޭރުން އަމިއްލައަށް އަދަބު ލިބިގަނެވުނީ އެއްނު.

  16. ޢަލީ

    ޗައިނާ ވައިޓު ރާއްޖޭގައި ހުއްދަކުރަންވީ! އެހެންއެއްޗެހި އެތެރެކޮށް ބޯމީހުން ޑީޕޯޓުކުރަންވީ!
    އޭރުން ބޯމީހުން މިރާއްޖެއިން ހުސްވާނެ!

  17. މުހައްމަދު ސައީދު

    އެތެރެ ކުރަނީ އެއްމެ ދޮރަކުން ނޫންވީމާ ހުއްޓުވާނީވެސް ކިހިނެއް ! އެތެރެ ކުރޭ ހުރިހާ ބޮޑެތި ދޮރުތަކުންނާއި ، ހުރިއްޔާ ހުރި ހުރިހާ ކުޑަދޮރަކުން ވެސް . އަދި ކޮބާ ވިްސާރަވެގެން ކޫޑަދޮރެއް ލައްޕައިފިނަމަ ދެން ހުރި ހުރިހާ އާނގު ތަކުންނާއި ލޯވަޅުތަކުންނާއި ފުރާޅު ގެ ޓިނު ތައް ހިއްލާ ލުމަށްފަހު އޭގެ ދަށުން ވެސް . ދެން އޭގެ އިތުރަށް ޤާނޫނުތައް ހަދައި ތަންފީޛު ކުރަމުން ދަނީ މިޤައުމުގައި އަމާ ބުނީ ތީ ފަރަށް ދާ ގޮތަށް