އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ނޯތް (ނ، ރ، ބ، ޅ)ގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ހުކުމްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން

    ކޮބާ އެމީހާ ގެ ވަނަވަރު ވަކިމީހަކުވީމަ ވަކިގޮތެއް

    12
    1
  2. މޯދީ

    ކީއްވެ މިހެން ނުލިޔުނީ ހށނރބޅކއވމފދތލ

    13
    • އ.ޖ.އ

      ދިވެހި ފުލުހުންނާ ސިފައިން ވަރުގެ ބޭކާރު ބައެއް މަ ގައުމުގަ ނޫޅޭ