ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފައިސާތަކެއްގެ ވެރި ފަރާތް ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މަގުމަތިންނާއި، ޓެކްސީ ތެރެއިން އަދި ބެންކު ކައިރިންނާއި އެއާޕޯޓުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުމަތިން ހޯދާފައިވާ ފައިސާ ތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާތަކުގެ ތަފްސީލަށް ބަލާއިރު:

ގަލޮޅު ޕޮލިސް ސްޓޭޝަން

މެއި 16 ވަނަ ދުވަހު، ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އޭގެ އިންސިޑެންޓް ނަންބަރު 59808 އެވެ. މި ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން

މެއި 13 ވަނަ ދުވަހު، ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް ފުލުހުންގެ ބެލުމުގައި ދަށުގައި އޮތް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. އަދި އެ (ވޮލެޓުގައި 400 ރުފިޔާ) އޮތްއިރު، އިންސިޑެންޓް ނަންބަރަކީ 597708 ކަމަށް ވިދާޅުވެފައި ވެއެވެ،

އަދި މެއި 16 ވަނަ ދުވަހު، ސޯސަންމަގުން ހޮވައިގެން ގެނެސްފައިވާ 2000 ރުފިޔާ ފުލުހުންގެ ބެލުމުގައި ދަށުގައި އޮތްއިރު، އޭގެ އިންސިޑެންޓް ނަންބަރަކީ 598104 އެވެ.

މެއި 25 ވަނަ ދުވަހު، ބެންކު އޮފް މޯލްޑިވްސް ކައިރިން ހޮވައިގެން ގެނެސްފައިވާ 4825 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު، އޭގެ އިންސިޑެންޓް ނަންބަރަކީ 595728 ކަަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅާ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން

މެއި 14 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2 ޓަވަރު 7 ކައިރި ޕާކުތެރެއިން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރުު، އޭގެ އިންސިޑެންޓް ނަންބަރަކީ 59780 ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

އަދި މި ފައިސާގެ ވެރިފަރާތުން 9393351 އަށް ގުޅާ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ.

އެއަރޕޯޓް ޕޮލިސް

އެޕްރީލް 30 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލް، ފާހާނާ ބަރި ކައިރިން ހޮވައިގެން ގެނެސްފައިވާ 67 ޑޮލަރުގެ ވެރިފަރާތުން 9968024 އަށް ގުޅާ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.

މި ތަކެއްޗާ ހަވާލުވާން އަންނައިރު ކާކުކަން އެނގޭ ލިޔުމާއެކު އައުމަށް ފުލުހުން ވަނީ އަންގާފައެވެ.