ހަށިގަނޑަށް ނުރައްކާތެރި މަސްތުވާ ތަކެތި އެކުލެވިގެންވާތީ ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ގޮވާލައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި "ޗައިނާ ވައިޓް" ނަމަކަށް ކިޔާ ނުރައްކާތެރި މަސްތުވާތަކެއްޗެއް މާކެޓުގައި ދައުރުވަމުންދާކަން ވަނީ އިއުލާން ކޮށްފައެވެ.

މި ބަޔާނާއި ގުޅިގެން މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ގިނަ މީހުން ބުނާ ގޮތުގައި އެމީހުން "ޗައިނާ ވައިޓް" ޑްރަގްސް ބޭނުން ކުރާ ކަމަށެވެ.

އެމީހުންގެ ހަށިގަނޑުން ނުރައްކާތެރި އިންފެކްޝަނެއްގެ އަސަރު ފެނިފައިވާ ކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އިންފެކްޝަނަކީ އެ ޑްރަގް ބޭނުން ކުރުމުން އުފެދޭ އެއްޗެކެވެ. އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެތަކެތި ރާއްޖެ އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން އެބަޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް މަނާ ކުރަން އޭނާ ވަނީ ގޮވާލާފައެވެ.

އެހެން ނޫންނަމަ ދިވެހި ޒުވާން އާބާދީ ހަލާކުވެދާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ މިކަމަށް ގޮވާލާފާއިވާއިރު، ފުރާނަައަށް ނުރައްކާވާފަދަ ބާރުގަދަ އެ މާކެޓުގައި އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް އެ ވުޒާރާއިން އިލްމާސްކޮށްފައި ވެއެވެ.

މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް ކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮރަލް

    މުހައްމަދު އަލީ ޑޮކްޓަރުންގެ ތެރެއިންވެސް ފާހަގަ ކޮށް ލެވޭ ޑޮކްޓަރެކެވެ. އެހެން މީހުންނަށް ހެޔޮ މަގު ދައްކަ ދޭން މަސައްކަތް ކުރެ އެވެ.

    18
    1
    • ބޮޑޭ

      އެއުޅެނީ ވެކްސިން ކަންތައް އޮއްބާލަން ވެގެން.

  2. އަވަ

    މީ ވަރަށް ރަނގަޅު ކަމެއް. ތިޔަ ވޭޕެއް ހުއްޓުވަން ލަސްވެސް ވެއްޖެ. ހުއްޓުވުމަށްކަމަށް ބުނެ އިންޕޯޓް ޑިއުޓީ ބޮޑުކުރުމަކީ ހައްލެއް ނޫން

    17
  3. ހިނި

    ރާއްޖޭ ގައި ހޭލުންތެރިކަން އިތުރު ކުރަންވީ!

    14
  4. Anonymous

    ހަށިގަނޑަށްނުރައްކާވާ ކޮންމެކަމަކީ ދީނުގައިކުރުން މަނާކަމެއް! އެހެންވީމައި ދިވެހިންނަކީ ހަޤީޤަތުގައިވެސް މުސްލިމުންކަމުގައިވާނަމަ ރާއްޖެއަށް ދުންފަތްއެރެކުންއެއްކޮށްމަނާކުރަންޖެހޭ! ޑިމޮކްރެސީއާއި އެއްގޮތަށް މިކަމަށްރައްޔިތުން ރުހުންއޮއްތޯ ބަލަންރައްޔިތުންގެހިޔާލު އޮތްގޮތްބަލަން ވޯޓެއް ނަގަންވީވީމައި ދިވެހިންނަކީ ހަޤީޤަތުގައިވެސް މުސްލިމުންކަމުގައިވާނަމަ

    24
  5. ދިވެއްސެއް

    މިކަމަށް ސަޕޯޓު ކުަރަން.

  6. Anonymous

    ވޭޕް އެކަނި މަނާކޮށްގެން ވާނެ ހެވެއް ނެތެވެ ދުންފަތާއި ފާޑު ފާޑު ފުލެވާތަށް އަޅާގެން ހަދާ މޮޅެތި ސީސާ ބޯ ތަންތަން އަދި އެ އެއްޗެހި އެތެކުރުންވެސް މަނާ ކުރަންޖެހޭ

  7. ނިޝް

    ވޭޕް ކުރުމާއި މަސްތުވުމާއި ހުރި ގުޅުމެއް ނޭނގޭ. އަޅެ ރޫޓް ފިހާރަ އާއި އިއުރޯ އިސްޓޯރުގެ މިލިއަން ރުފިޔާގެ ރިސާރޗް ޕޭޕަރުވެސް ފޯސްޓްކޮށްލަދީބަލަ. ކޮވިޑު ވެކްސިން ޖަހަންވެސް ކީ ހަމަ މި ޑަކްޓަރުން. އަޅެ ހައިރާނެއް ނުވޭތަ؟

  8. ނުބުނާނަން

    މަނާ ކުރެވޭނީ ވިޔަފާރި ހުއްޓުވައިން އެތެރެކުރާތީވެ ބޯ މީހުން ބޮނީ