ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ލ. ކައްދޫ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ބައެއް ހިސާބުތަަކަށް ރީނދޫ ސަމާލާއި، އޮރެންޖް އިންޒާރުވެސް ދަނީ ނެރެމުންނެެވެ.

މެޓްއިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކައްދޫއަށެެވެ. އެ ރަށަށް 82.3 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ލ. މާވަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ އދ. މާމިނގިއްޔަށެވެ

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:

  • އއ. ތޮއްޑޫ - 28.3 މިލިމީޓަރު
  • ހުޅުލެ - 26.5 މިލިމީޓަރުގެ
  • ހުޅުމާލެ - 20.8 މިލިމީޓަރުގެ
  • ކ. ގާފަރު - 17.4 މިލިމީޓަރުގެ
  • މާލެ - 16.5 މިލިމީޓަރުގެ

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު