އުމރުުން 13 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ރޭ ވިދާޅުވީ، ނޯތް (ނ، ރ، ބ، ޅ)ގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައި، މީހަކު ހައްޔަރު ކޮށްފައިވާއިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިޔާދާ

    މީހާގެ ނަމާއި ، ޢެޑްރެސް ޖަހާލަން ވާނެ ޢޭރުންތާ އެނގޭނީ މީނަ ފެނުނަސް ކުދިން ދުރުކޮށްގެން ގެންގުޅެން.

  2. ބޯބެ

    13 އަހަރުވީމަ ކުޑަތަ؟ ނުޖެހޭނެ ހައްޔަރު ކުރާކަށް