މާލެ ސިޓީގެ މަގަކަށް ފަލަސްތީނާއި ގުޅުވައިގެން ނަމެއް ކިޔާއިރު، އެ ނަން ކިޔަންވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވައިގެން ނަމެއް ކިޔަން ހުށަހަޅުއްވާފައިވަނީ މާލޭ ސިޓީގެ މޭޔަރު، އާދަމް އާޒިމްއެވެ. މޭޔަރު ވިދާޅުވީ، މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް "ފަލަސްތީނު ހިނގުން" ކިޔަން މޭޔަރު ހުށަހެޅުއްވިއެވެ.

މޭޔަރުގެ އެ ހުށަހެޅުއްވުމުން އިއްޔެގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން މައުމޫން އެކްސްގައި ކުރެއްވި ޕޮސްޓެއްގައި ވިދާޅުވީ، ފަލަސްތީނާއި ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ފެންނަ ކަމެއް ކަމަށެވެ. އަދި އެނަން ކިޔަންވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމުގައި ވެސް ޤަބޫލު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވައިގެން ނަން ދިނުމަށް މޭޔަރު ހުށަހެޅުއްވި ހުށަހެޅުއްވުމާއި ގުޅިގެން ގަލޮޅު އުތުރުގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވީ މޭޔަރުގެ ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ހުށަހެޅުއްވުމެއް ކަމަށެވެ. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެ ބަޔަކަށް މުހިންމުވާ ކަންކަން ނުވަތަ އެ ބަޔަކާ ގުޅުންހުރި މީހުންގެ ޒިކުރާ އާ ކުރާ ކަމުގައި ސައިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަސެންޖަރު

    ކޮންމެމީހަކު ބުންޏަސް ރަގަޅުވާހަކައެެއް ވާނީ ރަގަޅުވާހަކައަކަށް!

  2. އުގުރި

    އެއީ ރަގަޅު ވާހަކައެއް..

  3. ޖުއްލާބު

    ޝައިތާނެއްވެސް ރަނގަޅު އެއްޗެއް ބުނެފިއްޔާ ވާނީ ހަމަ ރަނގަޅު އެއްޗަކަށް..

  4. ރީހާބް

    ރ.މައުމޫނު އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ތާއީދު.

  5. ޢަލިި

    މަގުގަ ހަރުކޮށްފަހުރި ނަންބޯޑުތަށް ވެސް ހާދަ ގިނައޭ.

  6. ޗަބީ

    ޚޮންމެހެން ބޮޑުމަގަކައް ވާންޖެހޭތޯ މަގުސަދު ދެއްތޯ އެއްޗަކީ، ކުޑަމަގަކައްވިއަސް މައްސަލައެއްނޫން އެއީކީ ..

  7. ދިރާސާ

    ވަރަަށްް ރަނގަޅުު ވާހަކައެއް

  8. ކިހަ

    ތާއީދު ކުރެވޭ ޚިޔާލުފުޅެއް.