ށ އިން ފެށޭ ލަފުޒު އުފައްދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ވާހަކަ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުު ދޮގު ކުރައްވައިފިއެވެ.

ވަޒީރު އެކަން ދޮގު ކުރައްވާފައިވަނީ ށ އިން ފެށޭ ފަސް ލަފުޒެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެކަމާއި ސުވާލު ކުރުމުންނެވެ.

މިއީ ދޮގު ހަބަރެއް ނަމަވެސް ގިނަ ބަޔަކު އަންނަނީ އެކަން ގަބޫލުކޮށް، މީސްމީޑިއާގައި ވަރަށް ބޮޑަށް އެ ހަބަރު ދައުރު ކުރަމުންނެވެ.

އެކަމާއި ގުޅިގެން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެއީ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދޮގު ހަބަރެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ށ އިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ށ ގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށްވާތީ ކަމަށެވެ.

"އެއީ ޤުދުރަތީ ކަމެއް. ވީމާ (ށ) އިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން" ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފޮށީގެބޭރުންވިސްނާ

    ކީއްވެގެންތޯ؟ އާ ދިވެހި ބަސްތައް އުފައްދަން ޖެހިފައި އޮންނަ އިރު، އަލަށް އުފައްދާ ކޮންމެވެސް ބަހެއް ނުވަތަ ބަސްތަކެއް ށަވިޔަނިން ފެށޭ ގޮތަށް ހަމަ އުފައްދަވަންވީ ނޫންތޯ؟ ށަވިޔަނިން ފަށައިގެން "ށަވިޔަނި" ކިޔޭ ގޮތަކަށް ށަވިޔަނިން ފަށައިގެން އެހެން ލަފުޒުތައް ވަކި ނުކިޔެންވީ ސަބަބަކީ ކޮބައިތޯ؟

  2. ކީއްވެ؟

    ކީއްވެހޭ ށަވިޔަނިން ލަފްޒެއް ނު އުފެއްދެނީ. ށުކުރިއްޔާ!

  3. ނަނަނަ

    މިނިސްޓަރު ހައްދަވާ ބަހުންތޯ އަޅުގަނޑުމެން ވާހަކަދައްކަން ޖެހޭނީ؟

  4. ޒާ

    ތިމާ ގަބޫލު ނުކުރާކަމެއް ނޫނީ އުނދަގޫކަމެއް ކޮށްގެން ނުވޭތަ؟ ށަވިޔަނިން ބަސް އުފެއްދުމަކީ ބަސް މުއްސަނދިވާނެކަމެއް. ޅެމުން ފަރުވާ ދިނުމަކީ ކަހީނުކަން.

  5. ލާމު

    ދޮގުނޫން އެއްޗެއް މިހާރު ހަމަ ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެ.

  6. ށާށަމް ށަށީށު

    ވެެރިކަމުގައި ހުރެ ށަވިޔަނިން 5 ބަސް ނުހެދުނިއްޔާ ތި މަޤާމު ޙައްޤެއް ނުވާނެ

    "ށޭ ގައުމަށްވާ ގުރުބާން، ހިތްވަރު ލައިގެން ޅަޒުވާން" ފަދަ ޜީތި ލަވަތައް އުފެއްދި މީހަކަށް އަދު ކީއްވެތޯ އެކަން ނުވާންވީ....

    ފާފައެއްތޯއެ ޅެމެއް އޮވެ އެޅެމުން ޅެން ހެދުމީ
    ސާފު ޅެމަކުން ފަރުވާދީ މީހުން ރަނގަޅު ވުމީ

  7. Anonymous

    ފަހުގެ ތާރީޚެއްގައި ދިވެހި ބަހުގެ އެންމެ ބޮޑު ދެ އެދުރުން ކަމަށްވާ ޖަމީލްދީދީ އާއި ޢަބްދުﷲ ޞާދިޤް މެން ނުކުރެއްވި ކަމެއް މިހާރުގެ ބަސްވާރުންވެސް ކުރައްވާނެ ހެނެއް ހިއެއް ނުވޭ.

  8. ޠާނ

    ށަވިއަނިން ށަންކަރު، ށަވިޔަނިން ށައުގު ށަވިޔަނިން ށަހާދަތް، ށަވިޔަނިން ށޯ

  9. ދދްއދދފ

    މިހަބަރު ކިޔާލިމާ ހިތައް އެރީ ބާރުގަދަ ގައުމަކުން ނިއުކްލިއަރ ހަތިޔާރ ޓެސްޓްކުރަން އުޅޭކަން ފަޅާއެރުމުން އެހަބަރު ދޮގުކުރުން ފަދަ ގޮތަކަށް.
    މިއުޅެނީ ކަރަންޓް ބިލް ނުދެއްކިގެން، މިއުޅޭނީ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ އަޅާލުން ނުދެވިެން. ދެން ކޮން ށ އެއްގެ ވާހަކައެއްތަ ބޮޑު ޚަބަރަކަށް ވާންވީ >

  10. ށާނިމް

    ކޮންމެސް އެއްޗެކޭ ކިޔާތި! ށަވިޔަނީގެ އަޑަކީ ހަމަ ޢަރަބިބަހުގެ ބޮޑު ޝީނުގެ އަޑު! "ސ" މަތީ ތިން ތިކި ޖެހީމަ "ޝ" އެ އަންނަނީ "ށ" ގެ އަޑު. ދެން އެއީ އިތުރު އަކުރަކަށް ހަދާފަ "ށ" އުވާލިއްޔާ މާ ތާހިރުވާނެ!