ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ ކުއްޖަކު ސިޑިގޮޅިއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު އާންމުވެފައިވަނީ ވީޑިއޯއިން ފެނިގެން ދަނީ ވައިބާރު ވަގުތެއްގައި ކުޑަ އަންހެން ކުއްޖަކު ހިޔާ ފްލެޓެއްގެ ކުޑަދޮރުން ނުކުމެ، އެތަނުގައި ހަދާފައިވާ ޝީޓުގެ މައްޗަށް ނުކުމެގެން ގޮސް، ސިޑިގޮޅިއަށް ފައިބަން އުޅޭ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ރަތް ޓަވަރެއްގެ ފުރަތަމަ ފަންގިފިލާއެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވާން ފެށުމާއި އެކީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އެފަދަ ކަމެއް ކުރަނިކޮށް އެކުއްޖާއަށް އަނިޔާވެދާނެ ކަމަށް ބުނެފައެވެ.

މިވީޑިއޯއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރުކޮށް

    މި ޒަމޏުގެ މައިންބަފައިންނަށް ދަރިން ތަރުބިއްޔަތު ނުވާކަމާ ތަރުބިއްޔަތު ކުރަން ނުވެސް އެނގޭކަން އެބަ ފެނޭ

  2. އަހުމަދު

    އިންސާނުން އެންމެކުޑައިރު ކޮށިތަކުގެތެރޭގައި ބައިތިއްބަން ނުވާނެ!