މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައި ނޭޕާލުގެ ފިރިހެނަކު ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، އެ މައުލޫމާތު ލިބުމާއި އެކީ ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ދެންމެ ވިދާޅުވީ، އެމައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާދިރާ

    ބަންގާޅީންމިގައުމުންނުބާލައިފިނަމަދެވަނަފަލަސްތީނަށްމިތަންވެދާނެ

  2. ނަސޭހަތް

    ދާދިފަހުންވެސް ރިސޯޓެއްގައިވެސް ގިނަދުވަސްވަންދެން ލާރިނުދައްކާއަގެން ރަހީނުކޮއްފަވަނީ ސުޓާފަކު މިވާހަކަ ލިޔުނީމަވެސް އެބޭފުލުން ކަންބޮޱުވާނެ މާލެއަތޮޅު ރިސޯޓެއް

  3. އަހުމަދު

    ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓު ؟