ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސަވައިފިއެވެ.

އެމަގާމަށް ޒީނާޒް އަދުނާން ހަމަޖައްސާފައި ވަނީ ކުރިން އެ މަގާމުގައި ހުރި ޝިފާގު މުފީދު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްުމާއި ގުޅިގެންނެވެ.

ޕީއެންސީގެ ސެކްރެޓަރީގެ މަގާމަށް ޒީނާޒް ހަމަޖައްސާފައިވާއިރު، އޭނާ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ސިޓީގެ ދެކުނު ގޮނޑިއަށް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް ޒީނާޒް އަށް ވަނީ އެ ގޮނޑި ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ޒީނާޒަކީ މީގެ ކުރިން ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނުނު މެންބަރެކެވެ. އޭގެ އިތުރުން ޒީނާޒަކީ ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ހާއްސަކޮށް އޭނާ ވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.