ހުޅުމާލެ ފޭސް ދޭއްްގެ ބިން ހިއްކަމުންދާ ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނަގަން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ، މިދިޔަ އަހަރު ކުރި އިއުލާނާއި އެއްގޮތަށެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތަަކަށް އެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ހާދިސާ ހިނގާފައިވުމާއި މުސްތަގުބަލުގައިވެސް ހިނގައިފާނެ ކަަމަށް ލަފާ ކުރެވޭތީ އެކަމުން ރައްކާތެރިވުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ.

އަދި އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީވެސް މަނާ ކަމެއް ކަަމަށްވެސް އެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަލްސަފާ އަލީ

    މަދު ބަޔަކަށް ހިލޭ ބިންދޭން ހިއްކާތަނެއް ނުހިއްޖިޔަސް އަހަރުންނަށް ހެޔޮ.

    3
    3
  2. ފަޅޯ ސަފާއަލީ

    ކަލޯ ރަށުން 3000 އިން 4000 އަކަ ފޫޓުން ހިލޭ ބިން ދޫކުރާއިރު މައްސަލައެއް ނޫން. އަހަރެމެން މާލެ މީހުންނަށް ކުޑަ ތަންކޮޅެއް ހިލޭ ދޭން އުޅޭއިރަށް ހާދަ ވަރެކޭ ތި ވަނީ. ޒާތީ ވިޔަސް ފުކެއް ބޮޑުވަރު. ހަމަ ހިލޭ އަހަރުމެންނަށްވެސް ގޯތި ލިބެންވާނީ. އިނގިއްޖޭ.!