ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ ކުއްޖަކު ސިޑިގޮޅިއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއިން ފެނިގެން ދަނީ ވައިބާރު ވަގުތެއްގައި ކުޑަ އަންހެން ކުއްޖަކު ހިޔާ ފްލެޓެއްގެ ކުޑަދޮރުން ނުކުމެ، އެތަނުގައި ހަދާފައިވާ ޝީޓުގެ މައްޗަށް ނުކުމެގެން ގޮސް، ސިޑިގޮޅިއަށް ފައިބަން އުޅޭ މަންޒަރެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ރަތް ޓަވަރެއްގެ ފުރަތަމަ ފަންގިފިލާއެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ވީޑިއޯއިން ފެނިގެން ދަނީ ނުވަ އަހަރުގެ އަންހެން ކުއްޖެއް ކަަމަށެވެ. އަދި މިކަން ހުޅުމާލެ ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބަލަމުންދާ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވާން ފެށުމާއި އެކީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ މިއީ އެ ކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިދާނެ ފަދަ ކަމެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިހިޔާ ޓަވަރުތަކުގައި ހުރިހާ ނުބައިކަމެއް ކުރާނެ. ތިތާ ގިނައީ ގޮތެއްފޮތެއް ނެތް މީހުން.

    13
    2
    • ހަސަނު

      ތިބާގެ ގޭގަ ހިނގާ ކަންކަން އެނގިލައްވާތޯ؟

  2. ޖޮމޮން މިއާ

    ވަރަށް ނާތަހުޒީބް ބައެއް އުޅޭ ތަނެއް ތީ

    8
    1
  3. ދީދީ

    ތަހުޒީބު މީހުން މިލިޔަނީ ހައުދަހައިވާ ތަހުޒީބީ ކޮމެންޓްތަކެކޭދޯ. ފަހަރުގައި މިހިޔާޓަވަރުގައި ދިރިއުޅޭމީހުންގެ ސަބަބުން މާލޭގެ ގެދޮރުވެރިންނަށް ލިބެންޖެހޭއެއްޗެއް މަދުވެދާނެކަމަށް ހީފުޅުކުރެވެންޏާމު އެއުފެދޭރުޅިވެރިކަމުގައި އެފަދަ އެއްޗެއްބުނެވިދާނެކަމީ ހިޔާޓަވަރުގައިމިއުޅޭ ގޮތެއްފޮތެއްނެތް މީހުން ގަބޫލުކުރާކަމެއް.

    1
    0
  4. ޟިރާ

    ޙިޔާ ގައި ހުރިހާ ނުބައިކަންތަކެއް ކުރަނީ ކުރަނީ މާލޭ މީހުން އެބައިމީހުންނަށް ލިބިފައި ހުރި ފުލެޓްތައް ގޭންގް ތަކަށް ކުށްޔަށް ދީގެން ކުރާކަންތައް، އެންމެނަށްވެސް އިނގޭ މާލޭ މީހުންނަކީ ކުރިްނވެސް ރާއްޖެތެރޭ މީހުން ފެލައިގެން އުޅުނުބައެއް މިހާރު އެނބައިމީހުން ހަށިވިއްކުމާއި ގޭންގް ކޮންޓްރޯލްކުރުމާއި ވަސްބަލާއެތިކޮޅު ވިެއކައިގެން ކައިބޮއިގެން އުޅެނީ.