ނިމިދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 48 ކެެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މި އިންތިހާބާއި ގުޅިގެން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ހަމަވީ ބުރާސްފަަތި ދުވަހުގެ ރޭ 23:59 އަށެވެ.

މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން، އެ ކެންޑިޑޭޓަކު ހޮވިވަޑައިގަތަސް، ނުވަތަ ހޮވިވަޑައި ނުގަތަސް މިއަދުގެ ކުރިން އީސީއަށް ހުށަހަޅަން ޖެހޭނެއެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަަހެޅީ 320 ކެންޑިޑޭޓުން ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ.

އެހެންަމުން މާލީ ބަޔާން ހުށަނާލާ 48 ކެންޑިޑޭޓުން ތިބިއިރު، އެ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅޭނެއެެވެ.

މާލީ ބަޔާން ހުށަނާޅާނަމަ ނަމަ ނޫނީ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ ކެންޑިޑޭޓެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ބޭންކް ސްޓޭޓްމަންޓްގައި ހުރި ހުރިހާ މުާމަލާތަކާ ގުޅޭ ހުރިހާ ބިލެއް މާލީ ބަޔާނާއެކީ ހުށަހަޅަން ޖެހެއެވެ. ފައިސާގެ މުއަމަލާތްތައް ހުންނަންޖެހެނީ އެކައުންޓުގެ ތެރެއިން ކުރެވިފައެވެ. ކުރެވިފައިވާ ކޮންމެ މުއާމަލާތަކާ ގުޅިގެން ބިލެއް އޮންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދފދސފ

    ތިވެސް ތާކުން ތާކު ޖެހޭ ގޮތަކަށް އޮންނަ ކަމެއް ނޫން.

  2. ހިކި ކިރު

    ހޮޅި ވާހަކަ ނުދައްކާ! ގަޓު ހުރިއްޔާމު އެވެރިންނާއި މެދު ދަޢުވާ ކުއްބަލަ!

  3. ފާތުން

    އަވަހައް ފިޔަވަޅު އަޅާ.

  4. ކަމަނަ

    ގަޓު ހުރުމަކީ މުވައްސަސާއެއް ގުމަށްވުރެންބޮޑުވެ، މިނިވަންކަން އިއުލާންކޮށް، މުސްތައްގިއްލު ބަޖެޓުދީ، ސަރުކާރު ނުހިންގޭވަރަށް ރެޔާއިދުވާލު ނޮހޮރޮއްޕާންކުރަމުން ދުވުމެއް ނޫން. ގައުމުގެ އެންމެ މަތީ މަސްލަހަތަށްބަލައި، ކަންކަން ފަސޭހަކޮށް، ރައްޔިތުނަށް ކުރިއެރުން ހޯދައިދެއްވުން.

  5. ހަސްންމަލާބޭ

    މާލީ ބަޔާން ހުށަހެޅުމަކީ ސުންނަތެއް. ހުށަނޭޅިއަސް ފިޔަވަޅެއްނޭޅޭނެ. ފުއާދުބޭ އޮޅިގެންނޫލެބަލަ. މީރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިޚާބެއްނޫން.