އަންހެނުންތަކެއް ދަޅަ ދައްކައިގެން ފިިރިހެނުން ހިޔާ ފްލެޓަށް ވައްދައި ރަަހީނުކޮށް، ފޭރޭ ކަމަށް ބުނާ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް މިއަދު ފުލުހުން ވިދާޅުވެއްޖެއެވެ.

ފޭސް ދޭއްގެ ބައެއް ޓަވަރު ތަކުގައި ދިރިއުޅެމުންދާ އަންހެނުންގެ ފަރާތުން ފިރިހެނުން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ބުނާ މައްސަލަ މީސް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ މެއި 21 ވަނަ ދުވަހެެވެ.

މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު އެއިރު ވިދާޅުވީ، އެކި ވާހަކަ ދައްކައިގެން ހައްދައިގެން ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއްގެ އެޕާޓްމެންޓްއަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައިވިޔަސް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.

މިކަން ހިނގާ ގޮތް އެނގޭ މީހަކު މީސް މީޑީއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަންހެނަކު ފްލެޓު ސަރަހައްދުން އުމުރުން ދޮށީ ފިރިހެނުންނަށް ޓާގެޓްކޮށް ވާހަކަ ދައްކަން ފަށަނީ ކަމަށެވެ. ދެން ފްލެޓަށް ދިއުމަށް ދައުވަތުދޭއިރު، ފްލެޓަށް ވަންނަ ހިސާބުން ފިލާ ތިބޭ ދެތިން ފިރިހެނުން ދޮރު ތަޅުލަނީ ކަަމަށް ބުނެފައި ވެއެވެ.

‏"އޭގެ ފަހުން، އެންމެ ފަހުން ހިގި ކޭސްގައި، ފިރިހެން މީހާގެ އަންނައުނު ގަދަކަމުން ބާލުވާ، އޭނާގެ ވީޑިއޯކޮށް، އަންހެނެއް ކައިރިއަށް ވަދެ އޮއްވާ ނެގި ވީޑިއޯ ގޮތުގައި ލީކު ކުރާނެ ކަމަށް ބުނެ، އެކައުންޓުގައި ހުރި ލާރި އެވެރިން ބުނާ އެކައުންޓަަކަށް ޓްރާންސަަފާ ކުރަން މަޖުބޫރު ކުރުވަނީ. އަދި އަތުގައި ހުރި އެއްޗެއްްވިއްޔާ ހޯދަނީ،". އޭނާގެ ޕޯސްޓްގައި ވެއެވެ.

‏މީގެ އެކެެއް ނޫނީ ދެކޭސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި ކަމުގެ ބާވަތުގެ ގޮތުން ގިނަ މީހުން ރިޕޯޓު ނުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލޮމް މިއާ

    ކިހިނެއްކުރާނީ؟
    ރޭގަ މަޖީދީމަގުން އޭގެއިން އެކަކުފެނުނުއިރު ބަނޑުބޮޑު
    ހައްޔަރު ކުރުމުގެކުރިން އޭނައިނީ ހައްޔަރުގަ

    6
    1
  2. ސނޕ

    ނުކުރާނެ. ނުވެސް ކުރެވޭނެ.

  3. ފުލުސް

    ދެން މިމީހުން ހޯދަން ވެސް ނުކުންނަންވީ މުޢިއްޒުތަ ؟ ޒިންމާއަދާކުރޭ ފުލުހުންވެސް ޢާންމުންވެސް

    13
    2
  4. ޢަނީ

    ނިކަމެތިން އަށް ދީފަހުރި ފުލެޓް މިފަދަ ޖަރީމަ ހިންގާނަމަ ސަރުކާރުން ފުލެޓް ނަގަން ޖެހޭ.

    20
    • އަލޮމް މިއާ

      ކޮބާ ނިކަމެތިންނަކީ؟
      ކޮބާ ފުލެޓު އަތުލުމަކީ؟
      ޅެމަކުން ފަރުވާދެންޏާ ސަރުކާރުގެ ވެރިންނަށް ޅެމުން ފަރުވާދޭންޖެހޭ
      ފުލެޓެއް ވެއްޖިއްޔާ ހުންނަނީ ބޮޑު އަގުގަ ކުއްޔަށްދީފަ
      އެކަމަކު ނިކަމެތިވެގެން ލިސަޓަށް ނަންނޭރީމަ ހާދަބަޔަކު ގޯސްވެޔޭ

  5. ހުވަދު

    ފިރިހެނެއްވެޖިއްޔާ ވަގުތުން ހައްޔަރަށް. ކޮބާ ހަމަ ހަމަ ކަން. މިކަމަށް ވަކާލާތު ކުރާ ފެމިނިސްޓުން މަގުތަކަށް ނުކުމެ މި އަންހެން ގުރޫޕް ހައްޔަރު ކުރަން ގޮވާލާކަށް ނުވޭތަ؟

  6. ހުސޭނުބޭ

    އަނެއްކާ ހައްޔަރުކުރަން ދިޔަ މީހުން ނަގޫފިތިފައި ތިބީތަ؟

  7. Anonymous

    ތިޔަ މޭނާ ކެފާގަ ތިބޭ އަނހެން ކުދިންނާ ދިމާ އުމުރުން ދޮށީ ފިރިހެނުން ގަބޫލު ކުރަންދަތި މަންޖަރުތައް ދައްކާ ހަދާ.

  8. ދަންމާނު

    މީގެން މި އިނގެނީ ފޫގަޅާލާފައި ކުއްތަންމަދުކުރަން އިހުސާނު މަސައްކަތްކުރާނަމޭ ކިޔާފައި ގަޔަށްދޫކޮށްލައިގެން ހުރިކަން. އިހްސާނު ބޮޑަށް އެ މަސައްކަތްކުރަނީ އޭނާގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުތެރެއިން ކަޓު ނެގުމަށް.
    ދިވެހި އަޝްކަރިއްޔާގެވެސް މުއައްސަސާ އެންމެ ނާޒުކު ދަނޑިވަޅުަގައި ފިލައިގެން ބެޗީ. ހަކުރު އެތެރެކުރާ މީހުން އިނގޭ. އެކަމު މަގުމަތީގައި ކުދިކުދި ޕެކެޓް ހޯދަން ފަހާދުވެފަ ޕްރެސްދެނީ. އެތެރެކުރާ ހަކުރުގެ 3 ޕަސެންޓް އަތުނުލެވޭ. ވައްކަން ކުރަނީ، ފޭރެނީ، ލޫޓުވަނީ، ކޮންކަމެއްތޯ އިހުސާނަށް ކުރެވުނީ.

  9. ޢަހު

    އަންހެނަކަށްވީތީ ކުށަކުން ބަރީއަ ވާނެ ގޮތެއް ބުނެބަލަ