ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމް ކުރުމުގެ މަސައްކަތުގެ ކަރުދާހީ މަސައްކަތް ނިމިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤައުމީ ތަރިކަ އާލާކޮށް އިޔާދަކުރުމުގެ މަސައްކަތް ސަރުކާރުން ފަށަން ނިންމާފައިވާއިރު، މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުތަކުގެ ތެރެއިން ހަފްތާ 14 ގައި ހިމެނިފައިވާ މުހިންމު ވައުދެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމް ކުރުމުގެ މަސައްކަތުގެ ކަރުދާހީ މަސައްކަތް ނިމި އެ ކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމާއި ހިސާބުގައި ވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ގައުމީ ޗާޕްޙާނާ ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ސިގްނޭޗަަރ ރީސާޗް ޕްރޮގްރާމްތައް އުފައްދާ، އޭގެ މުގައްރަރްތައް އެކުލަވާލުން، އޭގެ ބައެއް މުގައްރަރުތައް ވަނީ ނިމިފައި، ބައެއް މުގައްރަރުތައް ފާސް ކުރެވިފައި، ތާރީހު މުގައްރަރު މިހާރު ވަނީ މުޅިން ނިމިފައި،"، ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮލެޖާއި ދިރާސާ މަރުކަޒުގެ މަސައްކަތަކުން ސަރުކާރުގެ ހުރިހާ އިދާރާތަކަށް ގަޑިތައް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަނަނަ

    ކަރުދާހީ މަސައްކަތޭ؟ ތީ މިހާރު ހެދެވީ ބަސްތައް ދޯ؟

  2. ނަނާސް

    ކަރުދާހީ މަސައްކަތަށްފަހު ޗާޕީ މަސައްކަތްތޯ އޮންނީ ނޫނީ އެންމެނަށް ބަހާއީ މަސައްކަތްތޯ އޮންނާނީ، މިކަމާ ބެހޭގޮތުން ބަހުސީ ބައްދަލުވުމެއް ކުރިޔަށް އެބަ ދޭ މިހާރު.