މިފަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށް ދާނެ ކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. އެ ޝިއާރަކީ "ދިވެހިންގެ އަމިއްލަ ވަންތަކަން ދިވެހިންގެ މިނިވަން،" އެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، މިނިވަން ދުވަހުގެ ހަރަކާތްތައް، ރަސްމީ ހަރަކާތްތަކުގެ ގޮތުގައި "ރަސްމީ ރިސެޕްޝަން" އާއި ރަސްމީ ޖަލްސާ އޮންނާނެ ކަމަށެވެ. ރަސްމީ ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރެއްވި ހިދުމަތްތެރިންނަށް އިނާމު ދިނުންވެސް އޮންނާނެއެވެ.

މީގެ އިތުރުން ދިދަ ނެގުމުގެ ހަފްލާއެއް ބާއްވަން ނިންމާފައިވާއިރު، މި ހަރަކާތް ކުރިއަށް ގެންދަނީ ދިދައަށް އިއްޒަތް ދިނުމުގެ ގޮތުން ދިދަ އާ ކުރާ ގޮތަށެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި އާއިލާ އަދި ކުޑަބޮޑު އެންމެން ބައިވެރިވެވޭނެއެވެ. މިއާއެކު އެންމެންގެ ބައިވެރިވުމާއެކު ދިދަ ވިހުރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ދާނެއެވެ.

އޭގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިކޮށްގެން މަޒުމޫން ލިޔުމުގެ މުބާރާތަކާއި، ކުރެހުމުގެ މުބާރާތުގެ އިތުރުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ. މި ހަރަކާތުގެ ތެރެއިން ސްކޫލް ދަރިވަރުން އައިޓަމްތައް ހުށަހަޅާނެއެވެ. އަދި ސްކޫލްތަކުގައި އެސެމްބްލީތައްވެސް ބާއްވާނެއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ އިތުރު ހަރަކާތްތައް

  • އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑް، މެރިޓައިމް ޕެރޭޑް، ފްލައިޕާސްޓް، މައިދާނީ ހަރަކާތް، ސެލިއުޓޭޝަން
  • ކެޑޭޓްގެ ޕެރޭޑް
  • ޑޮކިއު ޑްރާމާ
  • މިނިވަން ދުވުން
  • ފަންނާނުންގެ ޝޯވ
  • ފިޔަވަތީގެ ކުދިންނަށް ހަވީރު
  • އިސްރަށްވެހިންގެ މައިޒާން ހަވީރު
  • ފިލްމް ފެސްޓިވަލް
  • އެމްބަސީތައް ހަރަކާތްތައް
  • މިނިވަން ކާނިވާ
  • ޑްރޯން ޝޯ
  • ހަވާ އެެރުވުން
  • ފްލޯޓް ޕެރޭޑް
  • ސަގާފީ ޝޯވ
  • ފުޑް ފެސްޓް

އާތިކާ ވިދާޅުވީ، ހަފްތާއެއްގެ މުއްދަތަކަށް މި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެއީ ޖުލައި މަހުގެ 24 އިން 31 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ބިޔަނުން ކަރަދުކޮށްލާ ތިބޭފުޅުންގެ ފައިސާ ތީ ބޭނުންގޮތަކަށް ތަޅާބުރުވާލާ!

    9
    3
    • Anonymous

      ތިޔަހެން ބޭކާރު ހަރަދުތައް ކުރަންޏާ 5 އަހަރު ނިމުމުން މުއިއްޒުއަކައް ދެނެއް ނެއް ވޯޓެއް.

      3
      1
  2. ހަސަނު

    ދައުލަތުގަ ތިޔަޚަރަދު ކުރެވޭ ފެންވަރު ހުރީމަ ކުރަންވީ. ސަރުކާރުން ބޭނުންކަމެއްކޮށްފަ ، ބޭނުންބަޔަކަށް ދީފަ . ބޭނުންވާ ބަޔަކަށް ބަދަލްދީފަ ތިޖޫރިން މަދުވިބައި އަނެއްމަހުގަ ރައްޔިތުން އަތުން ނަގާނީ.

  3. ސާބަސް

    ސޭވް މަނީ ޕްލީޒް

  4. ދަތްނެތްކުއްޖާ

    ގައި ގޯޅި ވުމަކީ އިސްލާމް ދީނުގައި ޙަރާން ކަމެއް. ކޮބާހޭ ސޭޙުންތައް! ސަލަފުން މި ކަމުގައި ދެކޭގޮތް ރައްޔިތުން ސާފު ކުރަން ބޭނުންވޭ! މި ވެރިކަމުގައި ދީނީ ވާހަކަ ދެއްކުން ސޭޙުންތަކަށް މަނާވީތޯ! ރައްޔިތުންގެ ޓެކްސް ފައިސާ ރައްޔިތުންގެ ބަހެއް ނެތި އިސްރާފު ކުރުމަކީ އެ ކަމާއި ހަވާލުވެ ތިބޭ ބައެއް ފާފަ ވެރި ވާނެ ކަމެކޯ އެ ގޯތި ހަސަނު ބުނި އަޑު އެހީމު!

    2
    1
  5. ނަޖާ

    ރައްޔިތުންގެ ހިންހަމަޖެހުމައްޓަކާ ކޮއްދެއްވާތި ޝުކުރިއްޔާ

    2
    1
  6. ްަބޭކާރު ޚަރަދު ނުކުރޭ!

    ބޭކާރު ޚަރަދު ނުކޮށް ހުއްޓިފައިހުރި ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތައް ކުރިޔަަށް ގެންދަވާ!