ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދިން ކަދުރު ގދ. ހޯނޑެއްދޫގައި މިއަދު ބަހަން ފަށައިފިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ އިދާރާ އިން ވިދާޅުވީ ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ބެހުމަށް ފޮނުވާފައިވާ ކަދުރުގެ ތެރެއިން ހޯނޑެއްދޫގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވާ ކަދުރު ބެހުމުގެ މަސައްކަތް އަންނަ މަހުގެ 25 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 15:00 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެ ކަމަށެވެ.

ކަދުރާ ހަވާލުވުމަށްދާ މީހެއްގެ އައިޑީ ކާޑާއެކު ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތަށް އައުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރީ 55 ޓަނުގެ ކަދުރެވެ.

ސައުދީން ދިން ކަދުރު މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ވެސް ވަނީ ބަހާފައެވެ. އަދި ކޮންމެ ގޭބީސީއަކަށް ދިނީ އެއް ޕެކެޓް ކަދުރެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ކަދުރު ބެހުން ހީވަނީ އަދި ތަންކޮޅެއް އަވަސް ހެން !

  2. އަލީ

    މިކަދުރު ނުހޯދާތީ އަހަރުމެންގެ މުސލިމު އަޙުން ތިބީ ބަނޑުހާއި ހައިހޫނުގައި ދަނީ މަރުވަމުން އަދި އެމީހުން މެރުމައް ވާގިވެރި ވަމުންދަނީ ފަލަސްތީނުގެ ރައްޔަތުން ކާއެތިކޮލާއް ފޯރުކޮއްނުދީ
    ކަދުރު މިދެނީ އިޒުރާއިލް އިން ދަނީ އެވެރިން މަރާ ގެދޮރުނ ބޭރުކުރަމުން ސައުދީ ބުނަނީ ކީކޭ ބާ ؟މިކަމާއިމެދު ގައި އެހެންވީމަ އެއްވެސް ދިވެހި ރައިޔަތަކު މިކަދުރު ނުހޯދާތި

  3. ގުދުގުދާބެއްޔާ

    އަދިމާއަވަސް! މިއަންނަ އަހަރުގެ ރޯދަމަސް އަންނަންދެން ބެހެއްޓީނަމަ! ސުލޯ ސަރުކާރު!