ދިވެހި ބަހަށް ނުރައްކާ އެެބަ އޮތް ކަމަށާއި، މިކަމަށް ހައްލެއް ގެނަައުމަށް ދިވެހި ބަސް ކިޔަވާދޭ ގޮތް ބަދަލު ކުރަން ޖެހޭ ކަަމަށް ތާރީހާއި ސަގާފަތާ ބެހޭ ވަޒިރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ކުރެވިފައި ހުރި އިލްމީ ދިރާސާތަކަށް ބަލާއިރު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހި ބަހަށް ނުރައްކާ އޮތް ކަމަށެވެ.

"ދިވެހި ބަހަށް ނުރައްކާ އެބަ އޮތް، ދިވެހި ބަސް ދެން އޮތީ ސަލާމަތް ކުރަން، ކުރަން ޖެހޭ ކަންތައް، މި ނުރައްކާ މި އަންނަނީ ކިހިނެއްތޯ ބެލީމަ އަޅުގަނޑު ހިތުން ސަލާމަތް ކުރަން، ކުރަން ޖެހޭ ކަންތައް އެނގޭނީ،"،

އޭނާ ވިދާޅުވީ މިހާރު އެންމެ ދެރަ ކަމަކަށް ފާހަގަކުރެވެނީ ބޮޑެތި ވަމުން އަންނަ ކުދިންނަށް ނުވަތަ އާ ޖީލުތަކަށް ދިވެހި ބަހުން މުއާމަލާތް ކުރުމުގެ ފުރުސަތު ނެތުމާއި، ދިވެހި ބަހުން ވިސްނަން ފުރުސަތު ނެތުން ކަަމަށެވެ.

"އަޅުގަނޑުމެން ޖެހޭނީ އެ ފުރުސަތު އުފައްދަން، މި ވުޒާރާގައި، ދިވެހި ގައުމިއްޔަތު އިޔާދަ ކުރުމުގެ ގައުމީ ނިޒާމްގެ މައިގަނޑު އެއް ބޭނުމަކީ، އޭގެ ތެރޭގައި ދިވެހި ބަހާއި ބެހޭ ގޮތުން ވިސްނާ އެއް ވިސްނުމަކީ ދިވެހި ކުދިން ވާން ޖެހޭނީ ދިވެހި ބަހުން ވާހަކަ ދައްކާ ކުދިންނަށް، އެ ނަތީޖާ ހާސިލް ކުރެވޭނީ އެ ފުރުސަަތު އެ ކުދިންނަށް ހާސިލް ކޮށްދިނީމަ،". ވަޒީރު ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އޭނާ ވިދާޅުވީ، އެކަަމަށްޓަކައި ދިވެހި ބަސް ކިޔަވާދޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"ދުނިޔޭގެ އެހެން ތަނެއްގައި އެ ބައެއްގެ މާދަރީ ބަސް ކިޔަވާދޭ ގޮތަށް އަޅުގަނޑުމެންނަށް ނެތް ދިވެހިންނަށް ދިވެހި ބަހުގެ މާދަރީ ބަސް ކިޔަވާދެވޭކަށް، ސަބަބަކީ މިއަދު ގިނަ ކުދިން ވިސްނަނީ ދިވެހި ބަހަކުން ނޫން، ގިނަ ކުދިން ވިސްނަނީ އެހެން ބަހަކުން، އެހެންވީމަ މިހާރު ކުދިންގެ މި ހުރި ހާލަތަށް ބޭނުންވާ ދިރާސާތައް ހެދުމަށްފަހު އެކަމަށް ބޭނުންވާ ބަދަލުތަކެއް ގެންނަން ޖެހޭ،". އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ގައުމިއްޔަތު އިޔާދަ ކުރުމުގެ ގައުމީ ނިޒާމުގައި އެކަން އޮންނާނެކަން ފާހަގަކުރައްވަމުން އެކަން ރަނގަޅަށް ތަންފީޒުވެގެންދާނަމަ، ދިވެހި ބަހަށް ދިރުން އަންނާނެ ކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސޖިއސޖިް

    އިހަށް ބަލާބަލަ މިކިޔާ ނޫސްވެރިންގެ ހާލަތު

  2. ފުޅީ

    މަށަށް މިހާރު 36 އަހަރު ފުރިއްޖެ. އެހެންވީމާ އަހަރެން ދިރާސާވެރިޔަކަށް ނުފުދޭ ރާއްޖޭގެ ހެރިޓޭޖް މިނިސްޓްރީއަކަށް. އެހެންވީމާ މިހާރު އަހަރެން ވިސްނަނީ ހިންދީ ބަހުން. ޓީކޭ؟

    3
    2
  3. ޢަލީ

    މިހާރު ބައެއްކުދިންގެ ''މާދަރީބަސް'' އަކީ ކިންގްޗާލްސްގެވެސް މާދަރީބަސް! ކޮބާ މިއަށްވުރެބޮޑު ހަމަލާއެއް ދިވެހިބަހަށް ދެވޭނެތޯ؟

    6
    1
  4. ޜާއްޖެ

    ވަޒީރު، ކިޔަވައިދޭ ގޮތް އެކަނި ބަދަލުކުރިޔަސް އަދި ހައްލެއް ނެތް. ދިވެހި ބަހާއި ބެހޭ ގާނޫނު ތަންފީޒު ކުރުމުގެ ތެރެއިން ރަސްމީ ހުރިހައި ކަމެއް ލިޔުމެއް، ހުށަހެޅުމެއް ދިވެހި ބަހުން އޮންނަންވީ..

    9
    2
  5. ހަންޑިކުޑަ

    ސަހަރޯ! މިއީވާ ވަޒީރެއް! ބަހަށް އެކަނިތޯ ނުރައްކާ އޮތީ! ކޮބާތޯ ރާއްޖޭގައި މި ގެންގުލޭ ޑުރަގު ތަކުގެ ނުރައްކާ! ތި ބަހަށްވުރެ މާ ނުރައްކާ ނޫންތޯ ޖީލެއް ނެތި ދާތީ އެ ޑުރަގު ގެ ވަބާގައި ޖެހިގެން.

    8
    1
    • މަންޑި

      ޑްރަގް ގެ ނުރައްކާ ވެސް ތިބުނާގޮތަށް އެހާމެ ބޮޑު. އެހެންވީމާ ޑްރަގް ބޭނުންކުރާގޮތް އެބަޖެހޭ ބަދަލު ކުރަން. އެބޭނުންކުރާ ކުދިންނަށް އާގޮތްތައް ދަސްކޮށްދޭން.

  6. ޙަސަނު

    އޮއްޓަރެއް ނެތް ވާހަކައެއް. ފޮތްތައް ލިޔަނީ ކިޔަވައިދޭ މީހުންތޯ؟ މުގައްރަރު ހަދަނީ ޓީޗަރުންތޯ؟ ސިލަބަހުގަ އޮންނަ އެއްޗެއް ކަވަރު ކުރަން މަސައްކަތް ކުރަނީ. މަތީ ކުލާސްތަކުގައި އިންތިހާނުވެސް ބަދަލު ކުރަން ޖެހޭ. ދެންއޮތީ ކިޔަވައިދޭ އެހެން މާއްދާތަކުގެ ނުފޫޒު. ޙުރިހާ އެއްޗެއް އެހެން ބަހަކުން.

    5
    1
  7. Anonymous

    ދިވެހި ބަހައް އޮތް ނުރައްކަލަކީ އިގިރޭސި ބަސް..ރާއްޖޭގެ ފަސްޓްލެނގްއޭޖްއަކީ އިގިރޭސި ބަހޭ ބުންޏަސް މިހާއޯކޭ..

    7
    1
  8. ގުދުގުދާބެއްޔާ

    އަހަރެން ކިޔެވި މަދަރަސާ އީޕީއެސްގައި ޓީޗަރަކައް އުޅުނު ހަސަން މުހައްމަދު މަށާދިމާލައް ބުނީ ބަސްފޮތް އެންމެ އަވަހަށް ދަސްވާނީ ފެނުކައްކާލައިގެން ގިރައިގެން ބޯލީމަޔޯ!!!

  9. ިޢަބްދޫ

    ބަސްދުއްވާ މަގުތަކުގަ ފެނބޮޑުވާނަމަ ނުރައްކާވާނެ

    2
    1
  10. ނަނަނަ

    ކާކުބާ ދިވެހިންގެ ދޫ ބުރިކުރަން އުޅެނީ.. ދިވެހިން ވާހަކަދެއްކުނަ ނުދޭން..

    2
    3
  11. ޢަލީ

    ދައްކާ ވާހަކަ ފަހުމް ވާކަމަށް ވަންޏާ ޢެމީހަކަށް ފަސޭހަ ބަހަކުން ވާހަކަ ދައްކަންވީ ހަމަ. ދިވެހި ބަހަކީ މާ މާތް ބަހެއް ނޫން

  12. އަދީބު

    ޢިއްޒަތްތެރި ވަޒީރު މަނިކުފާނަށް އެނގިލައްވާތޯ ސަރުކާރުގަ ލިޔެކިޔުން ދިވެހިބަހުން ގެންގުޅެނީ ކިތައްމުޢައްސަސާކަން އަދި ކިތަށް ދިވެހި ސޮފްޓުވެއަރ ބޭނުންކުރޭތަ ދިވެހިބަހޭވިދާޅުވެ މިކަންކަން ހައްލުކުރަން އެބަޖެހޭ ޗައިނާ، ޖަޕާން އަދި ރަޝިޔާފަދަ ޤައުމުތަކުގައި ބޭނުންކުރާނީ އެމީހުން ބަހުގެ ސޮފްޓްވެއަރތައް