ޅެން ފަރުވާއަށް އައިޖީއެމްއެޗްގައި ކްލިނިކެއް ގާއިމުކުރުމަށް ނިންމި ކަމަށް ބުނެ ދައްކާ ވާހަކަ ތާރީހާއި ސަގާފަތާ ބެހޭ ވަޒިރު އާދަމް ނަސީރު އިބްރާހިމް ދޮގު ކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، އާމްދަނީ ހޯދަން ދޮގު ފަތުރާ ބައެއް ބްލޮގްތައް އެބަ ހުރި ކަމަށެވެ. މިތަންތަނުގައި ލިޔާ ލިޔުންތަކުގެ ސަބަބުން ވަރަށް ބޮޑަށް އޮޅުން އަރާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ ތެރެއިން ފާއިތުވި ހަފްތާގައި އުޅުނު ދެ ވާހަކައެއް، އޭގެ ތެރެއިން އެއް ވާހަކައަކީ އައިޖީއެމްއެޗްގައި ކްލިނިކެއް ހަދާ ވާހަަކަ، މި ވުޒާރާއާ ގުޅިގެން އައިޖީއެމްއެޗްގައި ކްލިނިކެއް ހަދާ ވާހަަކަަ، އެއީ ދޮގެއް، ދެވަނަ ވާހަކައަކީ ށ އިން ފެށޭ އަޑުތަކެއް ލަފްޒުތަކެއް އުފައްދަން އަޅުގަނޑު ޕީއެސްއެމްއަށް އިންޓަވިއު ދެއްވި ވާހަކަ،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު ވިދާޅުވީ، އެއީ އޭނާ ނުދައްކާ ވާހަކަ ކަމަށާއި، ހިޔާލަށްވެސް ނުގެންނަ ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ދޮގު ހަދައިގެން އާމްދަނީ ހޯދަން ހެދިފައި ހުންނަ ބްލޮތަކުން އެފަދަ ވާހަަކަތައް ތަކުރާރުކޮށް ގެންނަ ކަަމަށެވެ. އެކަންކަމަށް ފަރުވާތެރިވާން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރައިފައިވާ މުޖުތަމަޢުތަކުގައި ހިފާ އިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހީންގެ ތެރޭގައި ވެސް އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށް ޓަކައި މުހިންމުކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާ

    ޅެމުން ފަރުވާދެވޭ އެއްބައެއްގެގޮތުގައި ވާނީ ޢިޝްޤުގައި ޖެހިފައިވާ ދެޖިންސުގެ ބޭފުޅުންނަށް ވުމަކީ އެކަށީގެންވާކަމެއް.

  2. ހަންޑިކުޑަ

    މަނިކުފާނު ހށނރ ގެ އަކުރު ތަކުން ނެއްޓިގެން މިނިވަން ކަމާއި އެކު މަސައްކަތް ކުރެވޭނީ ކިތައް ކިތައް ޅެން މަނިކުފާނަށް ހެދިގެން ތޯއޭ!

  3. އަސީލް

    ބަލަ ގިނަ ޅެންވެރިންނަކީ ހަމަޖެހޭވާހަކަ ދައްކާ ބައެއްނުން. ޝައިޠާނާއަށް ތަބަޢަވާބައެއް، އެއްވެސް މިސްރާބެެއްނެތި ދަތުރުކުރާ ބައެއް އަދި ޅެންވެރިންނަކީ އެމީހުން ނުކުރާނެ ކަންތައްތަކުގެ ވާހަކަ ދައްކާ އުޅޭބައެއް ، ދެން ކިހިނެއްތޯ ޅެމުން ބަޔަކަށް ފަރުވާ ދޭނީ ، މޮޔަ ނުގޮވަބަލަ .