ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު، އަތޮޅު ތެރޭގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އަހަރުގެ ދިރާސީ އަހަރު ފެށިގެން ދާނީ 96،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކުގައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު އޭގެ ތެރެއިން 17،000 ދަރުވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވާ އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅީ 2،081 ކުދިންނެވެ.

މި ދިރާސީ އާ އަހަރަށް އަތޮޅުތެރޭގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1126 ދަރިވަރުން ބަދަލުވެފައިވާ ކަމަށާއި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވި ކަމަށް މިނިސްޓްރީން ވިދާޅުވެފައެވެ.

މިނިސްޓްރީން ވިދާޅުވީ މި ދިރާސީ އާ އަހަރުގެ ސަރުކާރުގެ 162 ސްކޫލެއްގައި އެއްދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި މި އަހަރުވެސް ހަ ސްކޫލެއްގައި ސްޓެލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މާލެއިން ރަށައް ބަދަލްވީ ކިތަށް ދަރިވަރުން ތޯ ؟

  2. މާލެ މީހާ

    1-10 މަލެ އިން ކިޔަވަން އައުމުގެ ބޭނުމެއް ނޯންނާނެ، ރަށްރަށުގެ ސްކޫލް ޕާރފޯމާންސް ހަމަ ބަރާބަރު. ވަގު ފޯމު ލާގެން ފްލެޓްތައް ހޯދި މީހުން ތީގަ ގިނަވާނީ މިފަހަރު. މާލެ ނޫން ގޮތެއް ހޯދަން އެބަޖެހޭ އވަހަށް، މިހާރު ދިވެހިންހެ ޖީލުތަށް މި މާލެއިން ހަލާކު މިވަނި!