ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ) އާ ހަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ ރާއްޖެއަކީ ބިޔަ ކަނޑެއް އޮތް ގައުމަކަށްވާ އިރު، އެ ކަނޑުން ފުރިހަމަ މަންފާ ހޯދޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ލޮނު އުފެއްދުމަށް ބީސީސީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ ދިރާސާއެއް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއަކީ ބިޔަ ކަނޑެއްގެ ގައުމެއް. އެހެންވީމަ އޭގެން ފުރިހަމަ މަންފާ ލިބޭތޯ މަސައްކަތް ކުރަން ޖެހޭނެ. އެގޮތުން ބީސީސީއާ ހަވާލުކޮށްފައިވާނެ ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ފެށުމަށް. ޔޫއެންޑީޕީގެ ރީސާޗް ބައެއް ހޯދުމަށް ވަނީ މަޝްވަރާކޮށްފައި. މިކަމަށް ސްޓަޑީ ހެދުން ވަރަށް މުހިންމު." ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ލޮނު އުފެއްްދުމަށް ތައްޔާރުވާއިރު އެކަމަށް ސްޓަޑީއެއް ހެދުން މުހިންމުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެކަމަށް ގިނަ އަހަރުތަކެއް ގެއްލުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއަށް އިމްޕޯޓް އެބަ ކުރޭ ވަރަށް ކޮލެޓީ ލޮނު. އަދި ރާއްޖޭގައި ދިވެހިން ބޭނުންކުރުމަށް ވެސް ލޮނުގެ ބާވަތްތައް އެބަ ގެނޭ. މި ހުރިހާ އެއްޗެއް ގެ ޕްރޮޑެކްޝަން ބޭނުން ރާއްޖޭގައި އުފައްދަން."ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަނަނަ

    ޅެން ކްލިނިކާއި ލޮނު ފެކްޓަރީތަކާ... ސާބަހޭ..

  2. ހަސަން

    އަޅުގަނޑު ހީކުރީ ސައީދު ޅައެއްޗިހި ނާޅުއްވާނެކަމައް ތިނޫނީމިރާއްޖޭގަ ފަސޭހައިން ލިބެން ހުރިއެއްޗެނެތް ތީކީބަޔަކާ ހަވާލުކުރާވަރު ކަމެއްނޫން ވަށައިގެން ހުސްލޮނުނޫންތޯ މިއޮތީ ބޭނުންވަރަކައް ނަގަންވީނޫންތޯ ޟުކުރިއްޔާ

    2
    2
    • ނަނަނަ

      ރާއްޖޭގެ ލޮނު އިޒް ނޮޓް ގުޑް... ޑެންސިޓީ 1.020. ޓޫ ލޯ.. ސޯޑިއަމް ޓޫ ހައި.. ސައީދުގެ ސިކުނދި ބައެއްފަހަރު ވަހުތާނެއްހެން އެނބުރޭން..

  3. Anonymous

    ތިޔައީ މާލަސްވެއްޖެ ކަމެއް، ސިމިންތިވެސް އުފައްދާ ފެންވެސް އުފައްދާ ލޮނުވެސް އުފެއްދޭނެ !