ނުދަންނަ މީހުންގެ ފަރާތުން އަންނަ ކުށްތަކަށް މަގުފަހިވާނެ ފަދަ އެދުންތަކަށް އިޖާބާ ނުދިނުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކެއްގައި ދިރިއުޅޭ ބައެއް އަންހެނުންގެ ފަރާތުން ފިރިހެނުން ކިޑްނެޕް ކުރަމުންދާ މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. ހިޔާ ސަރަހައްދުގައި ދިރިއުޅޭ އުމުރުން ދޮށީ ފިރިހެނުން ހައްލައިގެން އެޕާޓްމެންޓަށް ގޮސް ބަރަހާކޮށް ފޮޓޯއާއޮ ވީޑިއޯ ނަގާ ބްލެކްމެއިލް ކޮށްގެން ފައިސާ ފޭރޭ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ ފަދަ ހާދިސާތައް މަދުކުރުމަށް ފުލުހުން ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނުދަންނަ މީހުންގެ ފަރާތުން އަންނަ ކުށްތަކަށް މަގުފައިވާނެފަދަ އެދުންތަކަށް އިޖާބަ ނުދިނުމަށް އިލްތިމާސްކުރަން." ޝިފާން ވިދާޅުވިއެވެ.

ހިޔާ ފްލެޓް ސަރަހައްދުން ފިރިހެނުން ކިޑްނޭޕްކޮށް ފޭރޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަަމަށް މީގެ ކުރިން ބުނެފައިވެއެވެ. އަދި މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިޖހުސާނު

    ހުރިހާ ކުށެއް ކުރާބަޔަކީ އެއީ

  2. ގާދިރު

    ފުލުހުން ކުރިމަތީގަ މީހެއްގައިގަ ޖަހާ ބުރާންތި ކޮށްލިޔަސް އެމީހުންގެ މެންޑޭޓްގަ ނެއް އޭނަ ހިފާ ހައްޔަރު ކޮށް އަދަބު ދެވޭ ގޮތެއް ކުއްތަކަށް އަރަން މަގު ފަހި ކުރުވަނީ ފުލުހުން