މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އިން މާލެ އަތޮޅަށް ރީނދޫ ސަމާލު ނެރުނީ އިރުއޮއްސި 18:30 އިން 21:30 އަށެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެެހި ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓްއިން ވަނީ މިރޭ މެންދަރު 00:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލުވެސް ނެރެރިފައެވެ. އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މި ދުވަސްކޮޅު ކުރަމުންދަނީ ހުނޅަގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގައި ފާއިދުވެދިޔަ ދެތިން ދުވަހަކު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު އިންޒާރު ނެރެފައެވެ. އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިންޒާރުވެސް ނެރެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޗުއްޓީއަށް މާލެއަށް އައިސްތިބި ގިނަ ބަޔަކު ވަނީ ރަށަށް ނުދެވި މާލޭގައި މަޑުކުރަން ޖެހިފައެވެ. މެޓް އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ދަތުރުކުރެވޭވަރު ވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު