ށ. ނަރޫދޫގައި މަންމަގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަށް ފުލުހުން މަސައްކަތް ކުރުމުން އެކަމާ ބައްޕަ ދެކޮޅު ހެދި މައްސަލަ ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯޓު އަމުރެއްގެ ދަށުން މަންމަގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަށް ފުލުހުން މަސައްކަތް ކުރުމުން ނަރޫދޫގައި މިއަދު ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުން ހިންގީ އެ ކުދިންގެ ބައްޕަ ކަމަށް އެ ރަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ކިޔައި ދިނެވެ.

އާންމުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން އެ ދެ އަންހެން ކުދިން ގެންދާ މަންޒަރު ފެނެއެވެ. އަދި އެ ކުދިން ނުދިއުމަށް ބޮޑާ ހާކައި ރޮއެ ހަޅޭއްލަވާ މަންޒަރުވެސް ފެނެއެވެ. އަދި ރަށުގެ ވަރަށް ގިނަ ރައްޔިތުން ވެސް އެ ސަރަހައްދަށް އެއްވެފައިވާ މަންޒަރު ފެނެއެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓަރު އައިމިނަތު ނަމްޒާ "ވަގުތަށް" ވިދާޅުވީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އެ އާއިލާއާއެކު ގާތުން މަސަކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރާނީ އެ އާއިލާގެ ހުރިހާ މެންބަރުނަށް ވެސް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ކުޑަ ދެ ކުދިންގެ ހާލު ވެސް މިނިސްޓްރީން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ.ޖ.އ

    މިނިސްޓަރު އޮޅިއްޖެ މިހާރު..

  2. ސނޕ

    ތިޔަ ކުދިންގެ މަންމަ އަކީ ދަރިން ބެލޭ ވަރު އަންހެނެއް ނޫންކަން ގިނަ ބަޔަކު ދަންނާނެ

  3. ާ××××

    ޢެއްވެސް ކަމެއް ބެލޭނެ ތަނެއްނޫން ތީކީ.. މިވީ މަގޭ ދަރި އެއްވެސް ކަމަކާ ނުލާ ބައްދަލު ކުރާނެ ފުރުސަތެއްނުދީ މަންމަ ގެންގުޅޭތާ 1 އަހަރު ދުވަސް. ސިޔާސީ ނުފޫސުން ދަރިފުޅު އާއި ބައްދަލް ކޮއްނުދޭތާ ދުނިޔޭގަ ހުރިކަންވެސް ހުރި ތަނެއްވެސް ތި އެޖެންޑާ މިނިސްޓްރީ އަކަށް ބުނެ ނުދެވުނު. މިހާރުވެސް ސިޔާސީ މީހެއްގެ ކަމެއްވެއްޖެއާއި ލޮލު ފިޔަ ނުޖަހާ އެކަން ކުަރަެނެ ތި މުއައްސަސާ އަށް ވުރެ ބާރުގަދަ މީހުން އެބަތިބި ކަން މިހާރު ތަޖުރިބާ ކޮއްފިން.. ވ ސަލާމް

  4. ގަނާސް

    ދަރިންބަލައި ތި ދިޔަ ޝަރޫނާއެއްގެ ގޮތް ވަރަށް ރަނގަޅަށް ދަންނަމޭ. ކުދިންގެ ބައްޕަ އަށް ގޮވާލަން އެހުކުމް ކުރި ކޯޓަށްވުރެ މަތީ ކޯޓަކަށް ގޮސްގެން އެއަންހެނާ އަތުން ދަރިން ހޯދަން.

    1
    2