މާލެ އަށް މިރޭ ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

މާލެ އަށް ވާރޭ ވެހެން ފެށީ މިރޭ އިރުއޮއްސެން އުޅެނިކޮށެވެ. އެގޮތުން، ވަރަށް ގިނަ އިރު ވަންދެން ބޯކޮށް ވާރޭ ވެހުނު އިރު، ވަރަށް ގަދައަށް ވިދައި ގުގުރިއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި އާއި ހުޅުމާލޭގެ ބައެއް މަގުތަކުގައި ވެސް ފެން ބޮޑުވިއެވެ.

މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވަނީ ފަށައިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ހަވީރު ކ. އަތޮޅަށް އެންމެ ފުރަތަމަ ނެރުނީ ހުދު ސަމާލެވެ. އެކަމަކު، ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް އެ އަތޮޅަށް ރީނދޫ ސަމާލު ނެރުނެވެ. އެ ސަމާލުގެ މުއްދަތު މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ހަމަވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ ސަމާލު ނެރުނީ މިރޭ 9:30 އާ ހަމައަށެވެ. ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭވެހި، ބާރަށް ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަފާތު

    ވާނެއެއްޗެއް ވެނިމުނީމަ ދެއްތޯ.