ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ

ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ބައެއް ހިސާބުތަަކަށް ރީނދޫ ސަމާލާއި، އޮރެންޖް އިންޒާރު ވެސް ވަނީ ނެރެފައެވެ.

މެޓްއިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅެލެއަށެވެ. ހުޅުލެއަށް 49.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އދ. މާމިގިއްޔަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:

  • ހއ. ކެލާ - 29.3 މިލިމީޓަރު
  • ކ. ދިއްފުށި - 28.7 މިލިމީޓަރު
  • މާލެ - 36.7 މިލިމީޓަރު
  • ހުޅުލެ - 49.4 މިލިމީޓަރު
  • ހުޅުމާލެ - 26.9 މިލިމީޓަރު
  • އދ. މާމިގިލި - 44.5 މިލިމީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ވަނީ ފެންބޮޑު ވެސް ވެފައެވެ.