ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނީ ބިދޭސީ އަންހެނެއްގެ ހަށިގަނޑު ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީ އަންހެނެއްކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކަނޑުމަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 12:35 ގައި ކަަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ.

އަދި އެމީހާގެ ހަށިގަނޑު މާލެ ގެނައީ ޑިންގީއަކަށް އަރުވައިގެންނެވެ.

ފާއިތުވި ދެ ދުވަހު ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.