ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތަކީ އެންގެ އަގު ބޮޑު މަސައްކަތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިއަފު ފެށި ދިރާސީ އާ އަހަރުގެ ތަހުނިޔާ ހުރިހާ ދަރިވަރުންނަށް ކިޔުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވަނީ މިއަދުގެ ތަހުނިޔާ ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް އަރިސްކޮށްފައެވެ.

އަދި ވިދާޅުވީ ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަކީ ޤައުމެއްގެ އެންމެ އަގުބޮޑު މަސައްކަތް ކަމަށެވެ. އަދި މި އަހަރަކީ ދަރިވަރުންނަށް ކާމިޔާބު އަހަރެއްކަމުގަައި ލެއްވުން އެދި ދުއާކޮށްފައިވެއެވެ.

ދިރާސީ އާ އަހަރެއް އަނެއްކާ ވެސް ފެށިއިރު، ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު އޭގެ ތެރެއިން 17،000 ދަރުވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަނީ މާލޭ ސަރަހައްދުގައެވެ. ކިޔެވުން ފެށި އިރު، އަތޮޅު ތެރޭގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން އަނެއްކާ ވެސް ބޮޑު ޗުއްޓީއަށް ދާނީ އަންނަ އަހަރުގެ މާޗް 6 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލޮމް މިއާ

    ލަދުގަންނަން ޖެހެނީ ފައިސަލަށް އިނގިރޭސި ރަނގަޅަށް ނޭނގުނީމައެއްނުން
    ތިމާމެންނަށް ރަނގަޅަށް ރީތި ދިވެހި ބަސް ނޭނގުނީމަ