ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ފަތުރުވެރިންތަކެއް އެމީހުން ގެންގުޅޭ ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ.

ފުލުހުން އެކަމަށް އެޓެންޑްވެ، އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެ ކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލައަށް އެޓެންޑްވެފައިވާއިރު، މީސްމީޑިއާގައި މިހާރު އަންނަނީ ފަތުރުވެރިއަކު ކުއްތާއެއް އުރައިގެން ތުލުސްދޫގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    މިކަހަލަ ކަންކަން ހައްލު ކުރަންވާނީ ވިސްނުންތެރި ކަމާ އެކުގަ އެވެ.

    24
    3
  2. ޒާ

    ތިކަމަށްވެސް އާގާނޫނެއް ހެދެން ޖެހޭކަމަށް ދެކެން.

    22
    3
  3. ޙެހެ

    ލޯކަލް ގައިޑުންނާ ނުލާ ފަތުރުވެރިންނަށް އެއްވެސް ކަމެއްކުރެވިގެން ނުވާނެ، ލޯކަލް ގައިޑެއް ނެތީމަ ވާގޮތެއްމީ

    29
    2
  4. ޢަނީ

    ފަތުރުވެރިޔާ މިބޭލީ ރޮޒެއިނާގެ ފިރިމީހާތަ؟

  5. ޢަޅީ

    ކޮބަ ޓެކްސީ ޑްރައިވަރުން....... މިރާއްޖެއަށް ބޮޑުވާނީ ހަމަ އެކަނި ޑްރައިވަރުންގެ ކަންތައް. އެކަން އެއޮތީ ޙަްލުވެފަ އެމްއޭސީއެލްގެ ކޮރަޕްޝަންގެ ތެރެއިން ކާރިތަކެއް ނެގީމަ.....އަންދާ ގާނޫނު

  6. ގާދިރު

    ކުއްތާ ތުލުސްދޫއަށް ބޭލި އިރު ފުލުހުންތިބި، އެކަމަކު ކުއްތާ ތުލުސްދޫއަށް އެރުވުމަށް ގެސްޓްމީހާ އަތުގަ ހުއްދަ އޮތްތޯ އަހާވެސްނުލި.

  7. އަލީ

    ޤާނޫނާ ގަވާއިދާ އުސޫލު ނެތިގެން ވާކަންކަމެއްނޫން މީކީ. މިހުރިހާ އެއްޗެއްވެސް ހުރީހަދާފަ އަމަލުކުރުމާ ތަންފީޒު ނުކުރެވެނީ.