ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއިން ހަދިޔާ ކުރި ފިޔާ ބަހަން ފަށައިފިއެވެ.

މި ފިޔާ ބެހުމުގެ ކަންކަމުގައި ހަރަކާތްތެރިވަނީ ދަ ކޮމަނާސްއިންނެވެ.

ދަ ކޮމަނާސް އަކީ ގެދޮރުގެ މައްސަލައިގައި އަޑު އުފުލުމުގައި އެންމެ ހަރަކާތްތެރި އެއްޖަމިއްޔާ އެވެ. އެޖަމިއްޔާ މަޝްހޫރުވެފައި ވަނީ ކޮތަރުކޮށި ޖަމިއްޔާގެ ނަމުންނެވެ. ޖަމިއްޔާގެ މެންބަރުންގެ އަދަދު ހަހާހަށްވުރެ ގިނައެވެ.

ދަ ކޮމަނާސް އެމްވީ އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޗައިނާ އިން ހަދިޔާ ކުރި 44 ޓަނުގެ ފިޔާގެ ތެރެއިން މިހާތަނަށް 10 ޓަނު ފިޔާ ރައްޔިތުންނަށް ބަހާފައިވާ ކަމަށެވެ.

ޗައިނާ އިން ހަދިޔާކުރި ފިޔާ ބެހުން - ވަގުތު އިމޭޖްސް: އަހްމަދު އަލީފް

މިހާތަނަށް 2000 އަށްވުރެން ގިނަ މީހުންނަށް ފިޔާ ބަހާފައިވާ ކަމަށާއި ފިޔާ ބެހުމުގެ ކަންތައްތައް ކުރިއަށްދަނީ ހިޔާ ޓަވަރު 4 ގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ފިޔާ ބަހަނީ ވަކި ފްލެޓެއްގެ ބަޔަކަށް ނޫން ކަމަށާއި އެންމެންނަށް ވެސް މަރުހަބާ ކިޔާ ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ވަނީ 1500 ޓަނުގެ ބޯފެން ވެސް ހަދިޔާ ކޮށްފައެވެ.

ސަރުކާރުން ވަނީ އެ ފެން ރާއްޖޭގައި ފެނަށް ޖެހޭ ރަށްތަކަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިފެން ހަދިޔާ ކުރުމާއި ގުޅިގެން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލައްވައި، ގޮންޖެހުންތަކާއި ދަތި ދަނޑިވަޅުތަކުގައި ޗައިނާއަކީ ރާއްޖޭގެ ރަހުމަތްތެރި ޤައުމެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނަކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަދިކިރިޔާ މިއެނގުނީ ވެސް

    ވަކިވަކި ޖަމިއްޔާ ހަދައިގެން ހުރިހައި ދިވެހިންގެ ނަމުގައި ޤައުމުތަކުން އެހީގެ ތަކެތި ހޯދައިގެން ވަކިބައެއްގެ މެދުގައި ބަހައި ހުސްވާން ކައިރިވީމައި ފޮޓޯ ޖަހާލަނީ އެވެ.

  2. ނަނަނަ

    ތި ކޮމަނާސް ޖަމްއިއްޔާގެ ބޮޑުމީހާތަ ދެ އެޕާޓްމެންޓް އެއްކޮށްލައިގެން އެކަން މިހާރު އޮއްބާލާފަ އެހުންނަނީ؟

  3. ބޭގަރާރު

    ބެހުމުގައި ވަކި އުސޫލެއްވެސް ނެތީތޯ.

  4. ފާތުން

    ފިޔާ ބަހަން ޖެހެނީ ހަމައެކަނި މާލޭގައި އުޅޭ މީހުންނައްތަ ކޮބާ ރާއްޖޭ ގަ އުޅޭ އެހެން މީހުން

  5. ރާއްޖެތެރެ މީހާ

    ތިޔަ ފިޔާ ރާއްޖެ ތެރެ މީހުންނަށް ނުލިބެނީތ