އީވާ އާއި ސާބެ
އީވާ އާއި ސާބެ

ފުލުހުން ރައްޔިތުން މަޖިލީހުގެ މެންބަރު އީވާ އަބްދުﷲގެ މަންމަގެ އައިޕެޑް ގެންގޮސްފިއެވެ.

އީވާގެ މަންމަގެ އައިޕެޑް ގެންގޮސްފައިވަނީ މިރޭ އީވާގެ ގެ ބަލާ ފާސްކުރުމަށް ފަހުގައެވެ.

މީގެ އިތުރުން އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) މިއަދުވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ސާބެ އާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފައި ވަނީ މާލޭގައި އަލިފާން ރޯކޮށް ހަމަނުޖެހުން ހިންގާ ސަރުކާރު މަގުމަތިން ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާﷲ ކެނެރީޒަމްގެ ނުރައްކާތެރި ވަބާއިން މިޤައުމު ސަލާމަތް ކުރައްވާންދޭވެ. އާމީން

  2. އާމީން

  3. ކޮސް ގޮވެނީ