މި ފަހަރު ގައުމީ ފެންވަރުގައި އަޟްހާާ އީދު ފާހަގަ ކުރާ ގޮތަށް ކަނޑައަޅާފައިވާ ރަށްތައް އިއުލާންކޮށްފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމާފައި ވަނީ ރާއްޖޭގެ އުތުރާއި، މެދު ރާއްޖެ ތެރެ އާއި ދެކުނުގެ ރަށެއްގައި އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. އަދި އެ އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އެއީ ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށަކުންނެވެ.

އެ ވުޒާރާއިން މިއަދު ވަނީ ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ނިންމާފައިވާ ރަށްތައް އިއުލާންކޮށްފައެވެ. އެ ތިން ރަށަކީ އުތުރުން ރ. އަތޮޅު އުނގޫފާރާއީ، މެދު ރާއްޖެ ތެރެއިން ދ. ކުޑަހުވަދޫެގެ އިތުރުން، ދެކުނުން ގއ. ވިލިނގިލީގައެވެ.

އެ ވުޒާރާއިން ރަށްތައް ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތެރޭގައި، އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    އިސްރާފަކަށްނޫންތޯވާނީ ؟ ކަންދެއްދުމާއި ކިބުރުވެރިވުމާއި ބޮޑާކަންދެއްކުމަކީ އިސްރާފުކުރުމަކީ ނާތަހުޒީބީ ހަރާމްކަމެއް!! ޝަހީމުއަށް ބޮޑަށްއެނގޭނީ

    1
    2
  2. ޒާ

    ތީ ހަމަ މިސަރުކާރު އައުމުން ދެންކަންވާނެގޮތްކަން އެނގެއެވެ. ކުދި ރަށްތައް ހުރިހާ ކަަމަކުން މަހުރޫމްވާނެއެވެ.

    1
    2
  3. ހިކި ކިރު

    ގައިގޯޅި ނުވާށޭ! ޙަރާމް ކަމެކޭ! ކޮބާހޭ މި ޤައުމުގައި ތިބޭ ދީނީ ސޭޙުންތައް!

  4. Anonymous

    ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤައުމީ ފެންވަރުގައި ރަސްމީކޮށް އީދު ފާހަގަކުރަންވާނެ އެދުވަހުގެ އީދު ނަމާދާއި އެކު ތަކުބީރުގެ އަޑުން ޖައްވު ގުގުމާލަމުން ، އެއީ ޒަމާނުއްސުރެން ދިވެހިން ޢީދު ފާހަގަކުރާގޮތް !