މާލޭގެ މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ ޕާކިންގ ޒޯނުގައި ހުރި ފާރެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެއެވެ.

އެ ފާރު ވެއްޓެން މެދުވެރުވީ ކިހިނެއްވެގެންކަން ސާފެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ހިސާބުތަކުން ގަސްތައް ވެއްޓި، ސައިކަލުތަކަށް ގެއްލުން ވެފައި ވެއެެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަޖީދިއްޔާ ކުރިމަތީ ޕާކިންގ ޒޯނުގައި ހުރި ފާރެއް ވެއްޓި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އަދި ކައުންސިލުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ބުނެފައި ވެއެވެ.

ކައުންސިލުން ހިއްސާ ކުރި ފޮޓޯތަކަށް ބަލާއިރު، ފާރު ވެއްޓިފައި ވަނީ ކާރުގެ މައްޗަށެވެ. އަދި ފާރުގެ ބައިތައް ކާރު ކައިރިއަށް ވެއްޓިފައި ހުރި މަންޒަރުވެސް ފެނިގެން ދެއެވެ.

މި ހާދިސާގައި ކާރަށް ލިބުނީ ކޮން ކަހަލަ ގެއްލުންތަކެއްކަން ސާފެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު