ރޭ މާލޭގައި ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދެއްކި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ބަންދަށް އިތުރު 22 ދުވަސް ޖަހައިފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގާދިޔަ މި ހާދިސާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރާއި 39 އަހަރުގެ ދެ މީހުންނެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރު ކުރީ ފުލުހުންނަށް ވަޅިން ބިރު ދެއްކުމުގެ އިތުރުން މާރާމާރީ ހިންގި މައްސަލައެއްގައި ކަމަށެވެ.

މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އިންޒާރު ދިނުމާއި، ތޫނުހަތިޔާރު ގެންގުޅުމާއި، މާރާމާރީ ހިންގުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

މި މީހުންގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހިއިރު، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ގެންދިއުމުން 22 ދުވަސް ވަނީ ޖަހާފައެވެ.

މި މީހުންގެ ބަންދު އަމުރުގައި ބުނެފައި ވަނީ، ތުހުމަތު ކުރެވިފައިވާ ކުށަކީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަަމާއި، ކުށުގެ އަމަލު ހިންގުމުގައި މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަމަަށެވެ. އަދި ކުށުގެ އަމަލުގައި ތިން މީހުންގެ ބައިވެރިވުންވެސް އޮތް ކަމުގައި ބެލެވޭއިރު، ކުށުގެ އަމަލު ހިނގާފައިވާ ހާލަތަށް ބަލާއިރު، މިއީ ފުލުހުންނާއި ދެކޮޅަށް ހިންގާފައިވާ އަމަލެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނުގ

    ތި ބައިގަނޑާހެދި ނެތް ސަލާމަތެއް. ޖަލުން ނެރޭނެ ކަމެއްނެތް.

  2. ދެން ހަމަ

    ތި ފުލުހުންނަކީ ކީއްކުރާބައެއްބާ؟ ހަމަލާދޭނީ ސަބަބެއް އޮވެގެން ދޯ