މާލޭގައި މީހަކު ރަހީނުކޮށް ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފ. ނިލަންދޫއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ އަންހެނަކާއި، 40 އަހަރުގެ ފިރިހެެނެކެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ރަހީނުކުރުމާއި ބްލްކްމެއިލް ކުރުމުގެ އިތުރުން ފޭރުމެވެ.

މި ދެ މީހުން އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ގެންދިއުމުން ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ. އޭގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖެހިއިރު، 40 އަހަރުގެ މީހާގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެެވެ.

މި ދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ ސީނުން ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލަށް ބަލާއިރު، މީހަކު ރަހީނުކޮށްފައިވާ މައްސަލައެއްގައި ދެ މީހުންވެސް ޝާމިލްވާ ކަމަށް ބުނެ ފުލުހުން ދެ މީހުންވެސް ހެންވޭރު ގެއެއް ކައިރިން ހައްޔަރު ކުރި ކަމަށް ބުނެފައި ވެއެވެ. އަދި ރަހީނުކުރުމުގެ ހާދިސާ ހިނގި ތަނުގައި ލަކުޑި ބުރިތަކާއި، ދަނޑިބުރިތަކެއް ހުރި ކަމަށްވެސް މައްސަލައިގައި ހާދިސާގެ ރިޕޯޓްގައި ވެއެވެ.

އަދި މި މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ހުށެހެޅި ލިޔުންތަކުން އެނގޭ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ދެ ދުވަސް ކުރިން މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރު ކުރިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ އެ ގެސްޓް ހައުސް ތެރޭގައި ނޭޕާލުގެ ފިރިހެނަކު ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، އެ މައުލޫމާތު ލިބުމާއި އެކީ ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބެއްޔާ

    މާދަމާދޫކޮށްލާނެ. ދެންހައްޔަރުކުރާކޮންމެފަހަރަކު ކޮވާނެ ހައްޔަރުކުރީ ކުށުގެރިކޯޑުއޯންނަމީހެކޭ

  2. އިސްލާހު

    ކޮންމެހެން ރަށް ގޯސްކުރާކަށްނޫން. މިރަށަށް ނިސްބަތްވާ ކުއްޖަކު މީހަކު ރަހުމުކުޑަކޮށް މެރިކަމަށް ތުހުމަތުވީމާވެސް ބުނީ މި ރަށެެއްނޫނޭ.. މިފަހަރު ބުނާނީ ކީކޭބާ ؟ އެންމެންވެސް އިސްލާހުވީމާ ނިމުނީ

    10
  3. ވަލީ އާދަނުު

    ގަވްމު އޮޔާލާ ގޮއްސި. ފުލުހުންގެ މުއައްސަސާ ބޮޑުތަނުން ފެއިލް..

    6
    1
  4. ދަރަބޫދޫ

    ތިއީ ތިރަށު މީހުންގެ ވައްތަރު. މުޅިންވެސް މީހުން ފެލުން ކަކަކީ

  5. ެމާއެނބޫދޫ

    ތި ރަށު ކުއްޖަކު އުޅޭނެ މިރަށު މީހަކާ އިނދެގެން، އޭނާގެ ކޮއްކޮއާ އެކު އުޅުމެއް އަހުލާގެއް ނުހުރޭ. އޭނަގެ ކޮއްކޮވެސް މުޅިރަށް ކުޑަކުރަމުން ދުވޭ...

  6. މާއެނބޫދޫ އަށި

    ސޫލްގަ އުޅޭ އާކާލި ބުރުވާލިއެއް.

  7. ނިލަންދޫ

    ތިއީ އަހަރުމެން ރަށުގެ ސައިލް. ޑޯންޓް މެސް