މާލޭގެ ބަނދަރު މަތީގައި ދަބަހެއް ފޭރިގަތް މީހަކު މޫދަށް ފުންމާލުމުން އޭނާ ސަލާމަތްކޮށް، ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ވައްކަމުގެ މައްސަލައެއްގައި އައްޑޫ ސިޓީ ފޭދޫ އަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނެކެވެ. އޭނާ އިއްޔެ ހައްޔަރުކުރިއިރު، ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

މި ހާދިސާ ހިނގި ގޮތަށް ބަލާއިރު ދަބަހެއް ފޭރިގަނެގެން ދިޔަ މީހަކު މަސްމާރުކޭޓް ދިމާލު ފަޅު ތެރެއަށް ފުންމާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު، ފުލުހުން އެތަނަށް ދިޔައެވެ. އޭނާ ފޭރުނު ދަބަހަކީ އެތަނުން ލޯންޗުގައި މާލެ އައިސް އެމްއެމްއޭ ކައިރިއަށް އެއްޗެހި ބޭލި މީހެއްގެ ދަބަހެވެ. ރަށުން އައި އެ މީހާ ތިން ދަބަސް މާލެ ގެނައިއިރު، އެ ދަބަސްތައް ކާރަށް އަރުވަން އުޅެނިކޮށް އެއް ދަބަސް މަދުކަން އޭނާ އެނގުމުން އެ ދަބަސް ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގުގެ ވަދުފޮށި ކައިރިއަށް ދިޔައިރު އެތަނުގެ ސައިކަލުތައް ކައިރިއަށް އެ ދަބަސް ހުސްކޮށްފައި އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ.

އަދި ހައްޔަރު ކުރި މީހާ އެ ދަބަހުގައި ހުރި އަންނައުނުތައް އަތުގައި އަޅުވައިގެން ވިއްކަން ހުރި މަންޒަރު ފެނުމުން އޭނާގެ އަތުން އެއްޗެހި އަތުލަން އުޅުމުން އޭނާ ވަނީ ދުވެފައި ގޮސް މޫދަށް ފުންމާލާފައެވެ.

އޭނާ މޫދަށް ފުންމާލުމުން ނެގީ ފުލުހުންނެވެ. ދަބަހާއި ގުޅިގެން ސުވާލުކުރުމުން އެ ދަބަސް ގެނައީ އެމްއެމްއޭ ކުރިމަތިއްޗަށް އެއްލާލާފައި އޮތުމުން ކަމަށް އޭނާ ވަނީ ބުނެފަައެވެ.

އޭނާގެ ހައްޔަރު/ބަންދު ލޮގަށް ބަލާއިރު، 51 ފަހަރަށް އޭނާ ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން އޭނާ 29 ފަހަރު ބަންދަށް ބަދަލު ކުރެވިފައިވާކަން އެނގެން އޮތުމުން އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަަށް ބެލެވޭ ކަަމަށް ބުނެފައި ވެއެވެ. އޭނާ މީގެ ކުރިން ހައްްޔަރު ކުރި މައްްސަލަތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކުކުޅޭ

    އަދިވެސް ގެއަށް ފޮނުވާލާފަ ބުނެބަލަ ކުށުގެ ރެކޯޑު އޮތްމީހެކޭ.

    26
    1
    • އަހަންމަދު

      ފުލުހުންނަކީ މުޖުރިމުން ސަލާމަތް ކުރާބައެއް.

      ކޯޓަށް ގެންދެވޭނީ ހައްޔަރުކޮންގެން ނޫންބާ؟ އެހެންވީމާ ހައްޔަރުކުރިއިރު
      ބަންދަށް 15 ދުވަސް ޖަހާފައޮތްނަމަ
      އެގާޒީ ވެސް ހައްޔަރު ކުރާކަށް ނުޖެހޭތޯ؟

      މިހުރީ ގައުމުގެ ޙާލަތު ގޮސްފައިވާ ހިސާބު. މީހަކު ހައްޔަރުކޮށްގެން
      ބަންދުގެ މުއްދަތު ކަޑައަޅަން ކޯޓަށް ގެންދިއުމުގެ ކުރިން މިއޮންނަނީ ބަންދުގެ
      މުއްދަތު ޖަހާފަ. މީ މުޢިއްޒު ސްޕީޑު!

  2. ސީއައިޑީ

    ޢެކަހަލަ މީހުން ސަލާމަތްކުރަކަމަށް ހެދިގެން މަރުވަން ދޫކޮށްލިޔަސް އެބައި މަދުވާނެ!

    16
  3. ށ

    ދެ އަތް ބުރިކޮށްލާ

  4. ޜައްޔިތުމީހާ

    އޭނާގެ ހައްޔަރު/ބަންދު ލޮގަށް ބަލާއިރު، 51 ފަހަރަށް އޭނާ ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން އޭނާ 29 ފަހަރު ބަންދަށް ބަދަލު ކުރެވިފައިވާކަން އެނގެން އޮތުމުން އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަަށް ބެލެވޭ ކަަމަށް ބުނެފައި ވެއެވެ. ޢަދިވެސް ކުށޔގެވެށީގަ އުޅޭކަމައްބެލެވެނީ ވަގީނެއްނޫން! ލޮލް

  5. ޜައްޔިތުމީހާ

    51 ފަހަރަށް އޭނާ ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން އޭނާ 29 ފަހަރު ބަންދަށް ބަދަލު ކުރެވިފައިވާކަން އެނގެން އޮތުމުން އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަަށް ބެލެވޭ ކަަމަށް ބުނެފައި ވެއެވެ. ޢަދިވެސް ކުށުގެވެށީގަ އުޅޭކަމައްބެލެވެނީ ޔަގީނެއްނޫން! ލޮލް

  6. އަހަންމަދު

    ފުލުހުންނަކީ މުޖުރިމުން ސަލާމަތް ކުރާބައެއް.

    ކޯޓަށް ގެންދެވޭނީ ހައްޔަރުކޮންގެން ނޫންބާ؟ އެހެންވީމާ ހައްޔަރުކުރިއިރު
    ބަންދަށް 15 ދުވަސް ޖަހާފައޮތްނަމަ
    އެގާޒީ ވެސް ހައްޔަރު ކުރާކަށް ނުޖެހޭތޯ؟

    މިހުރީ ގައުމުގެ ޙާލަތު ގޮސްފައިވާ ހިސާބު. މީހަކު ހައްޔަރުކޮށްގެން
    ބަންދުގެ މުއްދަތު ކަޑައަޅަން ކޯޓަށް ގެންދިއުމުގެ ކުރިން މިއޮންނަނީ ބަންދުގެ
    މުއްދަތު ޖަހާފަ. މީ މުޢިއްޒު ސްޕީޑު!

  7. Anonymous

    އަދި ކުށުގެ ވެށީގަ އުޅޭކަމައް ބެލެވެނީނުން ޔަގީން ވާންދޭން ދޫކޮއްލާފަ ބަހައްޓާ.

  8. ޖޖޖޖޖ

    ހައްގު އަދަބުން ތި ސަލާމައް ކުރީ

  9. އެދުރުބެ

    51 ފަހަރަށް ހައްޔަރުކޮށް، 29 ފަހަރަށް ބަންދުކުރީމަ ކިރިޔާ ބެލެވެން ފެށީ ކުށުގެ ވެށީގަ އުޅޭ މީހެއް ކަމަށް؟ ކަލޭނޭ ފައްކާ އިނގޭ!