މާލެ ސިޓީގައި ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތައް ފޮޅާސާފް ކުރުމުގެ މަސައްކަތް ކުރުމަށް ދިވެހިންނާއި ހަވާލުކޮށްފިއެވެ.

އެކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހަައްޓަމުންދާ ހުޅުމާލޭގެ 10 މިސްކިތަކާއި މާލޭގެ 22 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ ދެ މިސްކިތެއްގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ ބަދަލުގައި މިއަދުން ފެށިގެން ކުރަމުން ދާނީ ދިވެހިން ކަމަށެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދަން މާލެ ސިޓީ ކައުންސިލުން ތިން ފަހަރެއްގެ މަތިން އިއުލާން ކުރިއެވެ.

މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ނުލިބޭ މައްސަލައަށް ހައްލު ހޯދުމަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓު ތިން އަހަރަށް ބަދަލު ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދިވެހީން ލިބުމަށް އެންމެ ބޮޑަށް ދަތިވާ އެއް ސަބަބަކީ އަހަރު ދުވަހަށް މުވައްޒަފުން ނަގާ މައްސަލައެވެ. އެހެން ކަމުން އެކަމަށް ހައްލު ގެނައުމުން ދިވެހިން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން މިސްކިތަތައް ސާފުކޮށް ބަލަހައްޓަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެކަމަކު އެގޮތް ބަދަލުކޮށް މިސްކިތްތަށް ސާފުކޮށް ބެލެހެއްޓުމާއި އެންމެހާ ކަންކަން ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މަދުން ނަމަވެސް މި މަސައްކަތުގައި ދިވެހީން މަސައްކަތް ކުރެއެވެ.

ދިވެހިން ނުލިބިގެން މި މަސައްކަތްތަކަށް ބިދޭސީން ނަގަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙެހެހ

    އަދި ދިވެހި ޒުވާނުން ތިފަދަ ވަޒީފާތަކަށްލުން ރަނގަޅު ، އެއާއެކު ރަނގަޅު މުސާރަވެސް ހަމަޖައްސަން ފެނޭ ، ކޮންމެ މަސައްކަތަކީވެސް ވަގުތާއި އަގުހުރި މަސައްކަތެއް ، މައިކެއް ކުރިމައްޗަށް އަރާ ބާރަށް ހަޅޭލަވާ މީހާއަކަށް ނޫން މުސާރަ ބޮޑުވާންޖެހޭނީ ، މަޖިލިސް މެމްބަރަކަށް ވުރެ ، މާތް މިސްކިތް ސާފްކުރާމީހާ މާ އިއްޒަތްތެރި

  2. Anonymous

    ކުންފުނިތަކުން ދަރިމައިވާ އަންހެނުން ލައްވާ ބުރަ މަސައްކަތް ކުރުވުމަކީ މުސްތަޤުބަލް ގައި ޤައުމުގެ ހިއުމަން ރިސޯސަސް ނެތިހިގައިދާނެ ބިރުވެރި ކަމެއް، ދަރިމައިވާ އަންހެނުން އެމީހުންގެ އަސްލު މަސައްކަތާއިގެން އުޅެން އެބަޖެހޭ ޤައުމުގެ މުސްތަޤުބަލާއި ހިއުމަން ރިސޯސް އިތުރުކުރަން !

    1
    1