ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު ގދ. ހޯނޑެއްދޫ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހާާގެ ހަށިގަނޑު 12 ދުވަސް ފަަހުން ފަޅުލައިފިއެވެ.

މީހުން ދިރިނޫޅޭ މި އެޕާޓުމެންޓުގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލައި ފާސްކުރި އިރު އެގެއިން އޭނާ ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމީހާ ނިޔާވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހެވެ. އޭނާގެ ހަށިގަނޑު މިހާރު ރާއްޖެ ގެނެެސް، އިއްޔެ އޭނާގެ ހަށިގަނޑު ވަނީ ހުޅުމާލެ ސަހަރާަގައި ވަޅުލާފައެވެ.

ނިޔާވެފައި އޮއްވާ ފެނިފައި ވަނި ގދ. ހޯނޑެއްދޫ ވިލިނގިލީގެ ހައްމާދު ސައީދު ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންފަ

    ޕޯސްޓްމޯޓަމް ހެދީމަ އެނގުނީ ކޯޗެއްބާ

    • ކަތްދަ

      ޕޯސްޓްމޯޓަމް ހަދަން ގެންދިއަ އިރުވެސް މަރުވެފައިއޮތްކަން.