އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް އެއްމިލިއަން ޑޮލަރު ޖަމާކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލާގައި ޔާމިންގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރިއިރު އޭސީސީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެކޮޅަށް ދައުވާ ކޮށްފައިވެއެވެ. އަދި ބޭންކުގެ ފަރާތުން ދަށު ކޯޓުގައި ބުނެފައިވަނީ ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، ސިވިލް ކޯޓުން ނިންމީ ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ. އެ ނިންމުން ބީއެމްއެލް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށް، އިސްތިއުނާފު ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދިފައިވެއެވެ.

ބީއެމްއެލް ގެ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހައިކޯޓުން އެމައްސަލަ ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ އިސްތިއުނާފީ މަރުހަލާއިން ކުރެވޭ ހުކުމްގެ ބޭނުން ކެނޑި ބޭކާރުވެގެން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތްތައް މަޑުޖައްސާލުމުގެ އަމުރެއް ހައިކޯޓުން ނެރެފައިވެއެވެ.

ވަގުތީ އަމުރާ ގުޅިގެން އޭސީސީގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއްބަސްވުން ނިމުމަކަށް އައުމުގެ ސަބަބުން ބީއެމްއެލްއިން ފައިސާ ދޫކުރަންޖެހޭނެ ކަމަށް ބެލެވޭ ހާލަތު ވުޖޫދުވެފައި ނުވާ ކަމަށް އޭސީސީ އަށް ގަބޫލުކުރެވޭތީ އެފަދައިން އެ ބޭންކުން އަމަލު ކުރަން ޖެހި، އަމަލު ނުކުރުމުގެ ސަބަބުން އެކަމުގައި ބީއެމްއެލް އިހުމާލު ވެފައިވާ ކަމަށް އޭސީސީން ގަބޫލު ނުކުރާ ކަމަށެވެ.

ވަގުތީ އަމުރާއިި މެދު ޖަވާބުދާރީވުމަށް ޔާމިނަށް ފުރުސަތު ދެވުނު ނަމަވެސް ލިޔުމުން އެމަނިކުފާނު ޖަވާބުދާރީވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޭއަހުމަދު

    ޔާމީނުގެ އެކައުންޓުގަ ހުރި އެއްމިލިަން ޑޮލަރު ހޯދޭތޯ ބަލަންވީ.. ގައިމު ޔާމީނު ބުނި އެއީ ހަލާލު ފައިސާ އެއް ނޫނޭ..ފިތުނަ އުފައްދަމުންދާ ޗ13 އަށް ވެސް އެކަން އެނގޭނެ

    8
    1
  2. Anonymous

    ދައުލަތުގެ ފައިސާ ތިމާގެ އެކައުންޓުގައި ޖާމާވެފައި ހުރިކަމަށް ޝަރީއަތުގެ މަޖިލިސް ތަކުގައި އެތަކެއް ފަހަރު ތިމާގު ދުލުން އިޤުރާރުވެފައި ކޮން ގެއްލުނުގެ ބަދަލެއްގެ ދައުވާތޯ މިކުރަނީ، ގެއްލުން އަސްލު ލިބުނީ ދިވެހިދައުލަތުގެ މާލިއްޔަތަށް އެތަކެއް ފައިސާ ގެއްލުނީ ! އެފައިސާ ބަޔެއްގެ ޖީބަށް ދިޔައީ ! ކޮންގެއްލުމެއް ލިބިގެން ތޯ އެމީހުން އެއުޅެނީ !

    7
    1
  3. the Maldivians

    ކޮންތާކުން ހޯދި ފައިސާ އެއް؟؟

    8
    1
  4. މަތަރަސް

    ބަލަ ދެންމިއީ ވިހާވަރުގަދަ ކމެއްތަ އަބަދުވެސް މިލިއަން ޑޮލަރުގެ ވަހަކަ ލާރިޔާހެދީވެސް ތަންފުކެއްބޮޑުވަރު މިހާރުވެސް އަރަމުންދާއިމާރަތް ކޮނތަކުންހޯދިފައިސާއެއް؟؟ކޮބައިއެސްޓީއޯގެސައިފަތްދަޑު މަސައްލައަވސްކޮއްއިންސާފުގައިމުކުރޭ އިބޫގެވެސްހިނާތުގެ މައްސަލަބަލާ އިންސާފުގައިމުކުރުމަން ރައީސް މުއިއްޒުއައްގޮވާލަން ގައުމުގެހަޒާނާ ހުސްކޮއްލިމީހުންހައްޔަރުކުރޭ؟؟

  5. އަލީ

    ޔާމީނަކީ ދެއަތްފުރަގަހަށްލައިގެން ވަޒީފާއެއްއަދާނުކޮއް މާލޭމަގުމަތީގައި ލާހޫރުނުމިހެއްނޫނޭ.

  6. މުންޖިޗޭ

    ޔާމީނަކީ ޑޮލަރު ވިހާ މީހެއް، ވިހާ ކޮންމެފަހަރަކު މިލިޔަނަކުން މިލިޔަނަކުން ވިހަނީ، އަދި އެބުނާ އެއްމިލިޔަނެއް ހިފަހައްޓާފައި ހުރުމުން މިދިޔަ ދުވަސްތަކުގައި ޑޮލަރު ވިހެއުމގެ ސިލްސިލާ ވަނީ ހުއްޓިފަ، އެހެންވީމާ އެލިބުނީ ކިހާ ބޮޑު ގެއްލުމެއް! ހަމަ އަސްލުވެސް ރައްޔިތުންގެ ކުރިމަތީގައި ތިޔަ ޑޮލަރުތަކުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭބާއޭ ހިތަށްއަރާ، ތިމާގެދުލުން ދެއްކިފަހުރި ވާހަކަތަކާއި، ތިމާގެ ވެރިކަމުގައި ތިޔަ ޚިޔާނާތް ހިނގާ ވާހަކަ ސަމާލުކަމަށް ގެނައުމުން މުލުވަގަށް 500 ޕަސެންޓް އިތުބާރުކުރާ ކަމަށް ބުނެ އެވާހަކަ ދެއްކި މީހުންނަށް ޗެލެންޖްކުރި ހަނދާން ނުވޭތަ، އަދި އެމީހެއްގެ ގެއަށް ވަންނަނީ ޙަލާލު ފައިސާތޯ ނޫންތޯ އެކަކުވެސް ނުބަލާނެ ކަމަށް ބުނި ހަނދާންވެސް ހުރިހެނެއް ހިއެއްނުވޭ، މިވަރުވީމަ ދުނިޔޭގެ ލަދަށްވެސް ބަލާލެވޭ ކަމާމެދު ސުވާލު އުފެދޭ.