ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް އޮތް ލައިސެންސެއް ނޫން ކަމުގައި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ފައިސަލް މިހެން ވިދާޅުވެފައިވަނީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހު އަހުމަދު ފަތުހީގެ ބަންދު މުރާޖައާ ކުރުމަށް ހައިކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ. އަދި އެވާހަކަތައް އިންޒާރެއްގެ ގޮތުގައި ނުވަތަ ނަސޭހަތެއްގެ ގޮތުގައި ބެލިޔަސް އެންމެ ރަނގަޅުކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

"ފަނޑިޔާރުން ހުކުމެއް ކުރުމަށް ނިންމާ ނިންމުމަށް އަމަލު ކުރާ ގޮތާމެދު ހިތްޕުޅު ހަމަނުޖެހޭ ކަމުގަ ވަންޏާ ތިބޭފުޅުންގެ ހައްގެއް ޖޭއެސްސީ އަށް ހުށަހެޅުން. އެކަމަކާ އަޅުގަނޑުމެން ފަރުވާލެއް ނެތް. އިއުތިރާޒެއްވެސް ކުރަނީއެއް ނޫން. އެހެންނަމަވެސް ޕްރޮސެކިއުޝަންއަށް ނުވަތަ ޕްެރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ އޮފީހަށް އެއްވެސް ހާލެއްގައި ލިބިގެން އޮންނަ ލައިސެންސެއް ނޫން ފަނޑިޔާރުން ހަވަރަށް ދިނުމަކީ އިނގޭތޯ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.

ފަނޑިޔާރު މިހެން ވިދާޅުވެފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެ މައްސަލާގައި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައި އޭގައި ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާތީއެވެ. އަދި ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަަޅަން މަޝްވަރާކުރަމުންދާ ވާހަކަ ޕީޖީގެ ފަރާތުން މީޑިއާގައި ބުނެފައިވާތީއެވެ.

ޕީޖީގެ ފަރާތުން އެމޭރުމުން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އަދި ނޫސްތަކުން އެފަދަ ހަބަރު ފެނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ހިނގަމުންދާ މައްސަލައެއްގައި ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް އަޅަންޖެހޭ ފިޔަވަޅެއް ކޯޓުން ވެސް އަޅާނެ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.

ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. މި މައްސަލަ ސައްމާހުގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދުކޮށްދިނުމަށް އެދުމުން ހައިކޯޓުން ނިންމީ ސައްމާހު ބަންދު ކުރާނެ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުން ސައްމާހު ބަންދު ކޮށްދީފައި ނުވާތީ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ނިންމީ 7 ދުވަހުގެ ތެރޭގައި ހައިކޯޓުން ބަންދާމެދު ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށެވެ. އެހެންނަމަވެސް 7 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމާފައިނުވެއެވެ.

ހައިކޯޓުގެ މައްސަލަ ބައްލަވާ ރިޔާސަތު ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ، ސުޕްރީމް ކޯޓުން މައްސަލަ ނިންމެވި އިރު ހައިކޯޓުގައި މި މައްސަލަ ބަލާ ބެންޗު އެއްކޮށް ތިބީ ޗުއްޓީގައި ކަމަށާއި އޮންލައިން މައްސަލަ ބޭއްވުމަށް ނުވަތަ ބެންޗް ބަދަލު ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އަމަލު ކުރެވެން ނެތުމުން ހަސްމުންނަށް އެކަން އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒައިކް23

    ފަނޑިޔާރުން ނަށް ވެސް ވަކި ހުދޫދުތަކަކާ އިންތަކެއް އޮވޭ، އޭގެން ބޭރުވީމަ މައްސަލަ ހުށަހެޅުމަަކީ ކޮންމެ ހަސްމަކަށްވެސް އޮންނަ ހައްޤެއް.. އެއީ ހަަވަރަށް ދިނުމޭ ބުނެ ރެކެން އުުޅުމަކީ ފިނޑިި ޢަމަލެއް.. މި މީހުންނަށް ހީވާ ކަހަލަ މިއީ މަތިން ފައިބާފަ ތިބޭ ބައއެކޭ.

    15
  2. ހަވަރުގެ

    ހާދަ އަސަރެއް ކޮށްފިޔޭދޯ. ބަލަ ރަށްރަށުގަ ތިއްބަވާ މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަތައް ބަލަނީއޭ ކިޔައިގެން ނޫސްތަކަށް ޚަބަރުތައް ދީގެން މެޖިސްޓްރޭޓުންގެ އަބުރު ކަތިލަމުން ދިޔައިރު ހަވަރަށް ދިނުމަކަށް ނުވޭ.

    14
  3. ޖޫރި

    ފަނޑިޔާރުން ހަވަރަށް ދިނުމުގެ އިޚްތިޔާރު JSC އަށް ވެސް އޮވެގެން ނުވާނެ، ނަމަވެސް MDP ގެ ސިޔާސީ އެކްޓިވިސްޓުން ތިބި JSC ފަސްއަހަރު ވަންދެން އެކަންކުރި ނޫންތޯ. ސަރުކާރު ވެއްޓުނީމާ ފައިސަލަށް ވެސް PG އަށް އެއްޗެއް ބުނަން ކެރިއްޖެ ނޫންތޯ ، މިއޮތް ހުރިހާ ދުވަހު ތިބީ ހަނު ގައި ނޫންތޯ.

    12
    3
  4. ރަޒިއްޔާ

    ފަނޑިޔާރުން ހަވަރަށް ދިނުމުގެ އިޚްތިޔާރު JSC އަށް ވެސް އޮވެގެން ނުވާނެ، ނަމަވެސް MDP ގެ ސިޔާސީ އެކްޓިވިސްޓުން ތިބި JSC ފަސްއަހަރު ވަންދެން އެކަންކުރި ނޫންތޯ. ހުރިހާ އެންމެން ތިބީ ހަނުއެވެ. ޗުޕް ވެގެނެވެ.

    4
    3
  5. އަލިބެއްޔާގެ ދަރި

    ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި މިފެންނަނީ ކޯޓުތަކާއި، ދައުލަތާއި އަރައިރުން ވާތަން.

    10
  6. ހުސައިން

    ކޯޓްތަކަށްވެސް އަދި ފަނޑިޔާރުންނަށްވެސް އެގެން އެބަޖެހޭ މިހާރު މީޑިޔާތަކަށް ނޭނގި ކަންކަންކުރާ ޒަމާނެއްނޫންކަން!! މީޑިޔާތަކަށް އެނގެންޖެހޭ ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކާއި އަދި ކޯޓްތަކުން ކުރާ މަސައްކަތްތައްވެސް! މީޑިޔާތަކަށް އެގުނީމާ ރައްޔިތުންނާއި ހަމަޔަށް މަޢުލޫމާތުތައް ލިބިގެންދާނީ! މިއީ ފިލައިގެންތިބެ އެމީހަކު ބޭނުންހާގޮތަކަށް ކަންކަންކުރާ ޒަމާނެއްނޫން! ކަންކަން ހާމަކުރަންޖެހޭ! ހާމަވާންޖެހޭ! ކޯޓްތަކުންނާއި މުއައްސަސާތަކުން ކުރާ ރަގަނޅު އަދި ނުރަނގަޅު މަޢުލޫމާތުތައްވެސް ހާމަވާންޖެހޭ!! އޭރުން ކަންކަން ރަގަނޅުވާނީ! ކޯޓްތަކުގައި ތިބޭ އެންމެނަކީވެސް ފަސްބައި ހުދު ސާފުތާހިރު ބައެއްނޫން! އެތަންތާ ތިބޭ ބައެއް ފަރާތްތަކުން ކުރާ ޢަމަލުތަކުގެ ސަބަބުން އެމީހުންގެ ނުވަތަ ކޯޓްތަކުގެ އިންޓްގްރިޓީއާއި ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދާ!! ގަދަ ބަސްބުނެ ގަދަ ދައްކާކަށް ނުޖެހޭ އެއްވެސް ފަރާތަކުން!! ގާނޫނު، ގަވާޢިދު އަދި އުސޫލުތަކުގައި އޮންނަގޮތަށް ދެފުށް ފެންނަގޮތަށް މަސައްކަތްކުރުމުން އެނިމުނީ! މިއާ ޚިލާފަށް ކަންކަން ކުރާނަމަ އެވާހަކަތައް ނޫސްވެރިންވެސް ތިލަކުރާނެ! އެހެން މީހުންވެސް ދައްކާނެ! އެކަން ފަނޑިޔާރުންވެސް ދަންނަން އެބަޖެހޭ! މިއީ އެއްވެސް ތަނެއްގެ ނުވަތަ މުއައްސަސާއެއްގެ ވާހަކަ ނުދެއްކޭނެ ޒަމާނެއްނޫން!

  7. ބުނެލީ

    ކޮންމެ ދިމާލަކުން ބެއްޔަސް މިފެންނަނީ ކޯޅޭ މަންޒަރު، ޤައުމުގެ ހަމަޖެހުމަކީ މިފަދަ ކަންކަން ހަމަޖެހުން، އެއްބަޔަކު އަނެއްބަޔަކަށް ކޯޅިގެނެއް ޤައުމަކަށް އެއްވެސް ފައިދާއެއް ނެތް

  8. ނިޒާލް

    މިވަރުގެ ބޮޑެތި މަސްއަލަތަކުގައި ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ގޮތަށް ހުރިހާ ފަނޑިޔާރުން ޗުއްޓީގައި ތިބެން ޖެހޭތޯއެވެ. ސްޕްރީމް ކޯޓުން މިމަސްއަލައާއި ބެހޭ ގޮތުން ޙުކުމެއް ކުރެއްވީމާ ޗުއްޓީ ކުރުކޮށްލާފަ ނުކުމެ މިމަސްއަލަ ބެލުމަކީ ނުކުރެވޭ ވަރުގެ ކަމަކަށް ވަނީތޯއެވެ. މިއީ މާބޮޑަށް ކިޔަވާފަ ނެތް ދިވެހި ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލު ތަކެވެ.
    މިޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ކަންތަކުގައި ރައްޔިތުން ހިތްހަމަ ނުޖެހުމެއް އުޅޭނަމަ އެވާހަކައެއް ދެއްކޭގޮތަށް ކޮންމެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކު ކުރާ ކަމެއްގައިވެސް ހިތްހަމަ ނުޖެހުމެއް އުޅޭނަމަ އެވާހަކައެއް ރައްޔިތުންނަށް ދެއްކެން ޖެހޭނެ ނޫންތޯއެވެ.

  9. ޒައިކް23

    ތިތައީ ޔާމީނުގެ އައުވާނެއް.. ސިސްޓަމް ފެއިލްވެފަ އޮތްކަން ދައްކާ ސަރުކާރަށް އޮތް އިތުބާރު ގެއްލުވަން ކުއްވެރިޔަކު ދޫވާނެ ގޮތް ހެދީ މި މީހުން.. މިހާރު މޮޅެތި ވާހަކަ ދައްކަނީ..

  10. ޢިންސާފް

    ޖައްޕު ޖެހި ގޮލާ ދޯ މީ

  11. ހުސޭނުބޭ

    ރިޕަބްލިކް އޮފް ފަނޑިޔާރުގޭ މިނިވަންދުވަހަކީ ކޮބައި؟ ނޭގޭތީ ހަމަ އަހައިލީ!